މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 701 ވަނަ ޞަފްޙާ

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ. މި ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. 1417 މި ނަންބަރަށް ގުޅައިގެން މި ސެންޓަރުން ޚިދުމަތް ހޯދުމަށް އެދެވޭއިރު، އެކި ތެރަޕީގެ ޚިދުމަތްތައް މި ސެންޓަރުން ލިބެން ހުރެއެވެ. އެގޮތުން ވަކިވަކިން ކައުންސިލިންގ ދިނުމާއި ތެރަޕީތައް ދިނުމާއި ގުރޫޕް ކައުންސިލިންގ ސެޝަންތައް ވެސް މި ސެންޓަރުން ނަގައިދިނުމަށް ވަނީ ނިންމާފަ އެވެ. މި ސެންޓަރުގައި ޚިދުމަތް ދެއްވުމަށް...

މުޙައްމަދު އަފްރާޙް
ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. މި ހާދިސާއާއި ގުޅިގެން ގެއްލުނު މިންހާޖު ހޯދުމަށް 87.6 ސްކޮޔާ މޭލު މިހައިތަނަށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފި އެވެ. ފުލުހުން ވިދާޅުވީ މިހައިތަނަށް ހޯދި ހޯދުމުން މިންހާޖު ފެނިފައި ނުވާ ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ،  މިންހާޖު ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ވައިގެމަގުން 750 ސްކޮއާ ނޯޓިކަލް މޭލ...

މުޙައްމަދު އަފްރާޙް
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވައިލާ ޕީޕީއެމުން އިހުތިޖާޖަށް

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވައިލާ ޕީޕީއެމުން އިހުތިޖާޖަށް

މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގޮވައިލާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ހަވީރު އިހުތިޖާޖެއް ބާއްވަން ނިންމައިފި އެވެ. އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. އޭނާ ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބާއްވާ މި އިހުތިޖާޖު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު މަސް މާރުކޭޓު ސަރަހައްދު ގައި ކަމަށެވެ. އަދި އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު […]

މުޙައްމަދު އަފްރާޙް
ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަމާއި ގުޅިގެން ”ތިލަދުން” އިން ކުރި ސުވާލަކާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީންގެ ދަތުރުފުޅުތަކެއް އެބަހުރި ކަމަށެވެ. އެކަމާގުޅޭ މައުލޫމާތު މާދަމާ ހާމަކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ބޮޑު ތ...

ޔުމްނާ ޢަލީ
ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރު ކުރުމަށް ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރު ކުރުމަށް ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުގެ ހާއްސަ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި އެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ޗެއިން އޮފް ކަސްޓަޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެކެވެ. މި ޑައިރެކްޝަންގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކޮށްފައިވަނީ މުއްދަތުހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާ މ...

މުޙައްމަދު އަފްރާޙް
''އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދޭ''

''އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދޭ''

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާގަ އެވެ. އެމަނިކުފާ...

މުޙައްމަދު އަފްރާޙް
މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑްޔޫޒް ޕްލޭން ނިމިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕަލެޓުތައް އެކިފަހަރުމަތިން ނަގަމުން އަންނަކަމަށާއި އެހެނަސް އެކަމުގައި ދެކޮޅަށް ވިސްނަންޖެހޭ ކަމަށެވެ. ޕަލެޓުތައް ނެގުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އާންމު ރައްޔިތ...

މުޙައްމަދު އަފްރާޙް
އުނގޫފާރަށް ބިން އިތުރުކުރަން ބޭނުންވާކަމަށް ނައިބު ރައީސް އަރިހު ދަންނަވައިފި

އުނގޫފާރަށް ބިން އިތުރުކުރަން ބޭނުންވާކަމަށް ނައިބު ރައީސް އަރިހު ދަންނަވައިފި

ރ. އުނގޫފާރު ކައުންސިލާއި، އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. ރ. އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާކަމާއި، ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހ...

މުޙައްމަދު އަފްރާޙް
ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި

ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި

އައްޑޫ ސިޓީ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރުވި މައްސަލައިގައި ހިމެނޭ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން އަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 05 ވަނަ […]

މުޙައްމަދު އަފްރާޙް
ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ފުރަތަމަ ހެލްތީ އައިލެންޑްއަކަށް ހެދުމަށް "އުޖާލާ އުކުޅަސް" ގެ ނަމުގައި ހަރަކާތެއް ފަށައިފި

ރާއްޖޭގެ ފުރަތަމަ ހެލްތީ އައިލެންޑްއަކަށް ހެދުމަށް "އުޖާލާ އުކުޅަސް" ގެ ނަމުގައި ހަރަކާތެއް ފަށައިފި

ރާއްޖޭގެ ފުރަތަމަ ހެލްދީ އައިލެންޑްއަކަށް އއ. އުކުޅަސް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. “އުޖާލާ އުކުޅަސް” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އުކުޅަސް ހޯޕް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަނީލް ވިދާޅުވީ މިއީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އަފްޢާލް އެރަށަށް ވަޑައިގަތުމުން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އެ […]

މުޙައްމަދު އަފްރާޙް
އަމީނީމަގުން ގަސް ނެގުން ހުއްޓުވަން ނަޝީދު އެދުނު އަމުރު ކޯޓުން ނުދިން

އަމީނީމަގުން ގަސް ނެގުން ހުއްޓުވަން ނަޝީދު އެދުނު އަމުރު ކޯޓުން ނުދިން

އަމީނީމަގު ހެދުމަށްޓަކައި ގަސް ނެގުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ މަޝްރޫއު ހިންގުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެކަމާ ދެކޮޅަށް ނަޝީދު މައްސަލަ ހުށަހެޅުއްވި އެވެ. އަދި މައްސަލަ ނިމެންދެން ގަސް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދުނެވެ. ކޯޓުން މިއަދު ނިންމި […]

ހުސައިން ހަބީބް
މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ “މާލެ ފެހި” އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ. ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ. މި ރަސްމިއްޔާތުގައި މީޑިއާ އ...

މުޙައްމަދު އަފްރާޙް
ރައީސް ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައި، އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެން: ނައިބު ރައީސް

ރައީސް ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައި، އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެން: ނައިބު ރައީސް

ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގ...

މުޙައްމަދު އަފްރާޙް
ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު […]

މުޙައްމަދު އަފްރާޙް