ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ އަދަބުން އަދަބުން އެއް މަސް ދުވަހުގެ މުއްދަތެއް އެ ކޯޓުން މިއަދު އުނިކޮށްފި އެވެ. ބަންގަލްދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުރީގެ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށްވާތީ އަދަބުގެ މިންވަރު މަތި ކުރުމަށް […]
ހުސައިން ހަބީބް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް ރައީސް ޞާލިޙާއި ބައްދަލު ކުރައްވަން ރައީސް އޮފީހަށް ވަޑައިގަތީ މިއަދު ހެނދުނު 11:00 ގައެވެ. މި ބައްދަލުވުމަކީ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޤާސިމް ރައީސް އާއި ބައްދަލު ކުރައްވަން ވަޑައިގަތީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓ...
ޔުމްނާ ޢަލީ
ހުޅުމާލޭ ‘ޖޫސް ޓައިމް’ ކެފޭއަށް ވަދެގަދަ އެތަނަށް ގެއްލުންދިން މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފެބްރުއަރީ 17 ވަނަ ދުވަހުގެ ހުޅުމާލޭ ‘ޖޫސް ޓައިމް’ ކެފޭއަށް ބަޔަކު ވަދެ އެތަނަށް ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި އެތަނުގެ އެތެރެއިން މަސްތުވާތަކެއްޗާއި، މާރާމާރީ ގިންގަން ބޭނުންކުރާ ބައެއް އާލާތް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވ...
ޔުމްނާ ޢަލީ
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ހައްގުވާ ފައިސާ ނުދިން މައްސަލަ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2018 ވަނަ އަހަރުން ފެށިގެން ނުދޭތީ އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އެވެ. ނަމަވެސް ޓްރައިބިއުނަލުން މިމަހު ނިންމީ އެ ފައިސާ މުވައްޒަފުންނަށް ހައްގުވާ ކަމަށާއި އެކަމަކު ބަޖެޓް ހ...
ހުސައިން ހަބީބް
1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޕްރޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ހަމަވާ ކުންފުނިތަކަށް ކަމަށެވެ. ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. މިގޮތުން...
އަލީ އާދިލް
ޕާކް ކުރާނެ ތަނެއް ނުދައްކައިގެން ވެލާނާގެ ބިލްޑިންގް ގައި މަސައްކަތްކުރާ ބައެއް ސަރުކާރު މުވައްޒަފުން އިހުތިޖާޖުކޮށްފި އެވެ. ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައިވަނީ އެސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ހިތްހަމަނުޖެހިގެންނެވެ. ބައެއް މުވައްޒަފުން ދަނީ އެ ސަރަހައްދުގައި ޝުއޫރު ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. އިހުތިޖާޖު ކުރާ މުވައްޒަފުން ވަނީ ރައްޔިތުންގެ މަޖި...
އިބްރާހިމް އަސްވާޤް
ރަށްފުށުގައި ފެނާއި ނަރުދަމާ ގާއިމް ވުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް “ރީތި ލޯބި އަންހެންކުދިން”ގެ ގައިން މާ މީރު ވަހެއް ނުދުވާކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ. ރާޝިދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ގަރާރާ ދެކޮޅު ހައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ދިވެހި އަންހެނުންނަށް ބަދުބަސް [...
މުޙައްމަދު އަފްރާޙް
“ނޭޝަނަލް ޖޮބް ސެންޓަރ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން، ނޭޝަނަލް ޖޮބް ސެންޓަރ ޤާއި...
އަލީ އާދިލް
މި އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ. މިމަހުގެ 25 ވަނަ ދުވަހު ފުރަތަމަ ސޮއިކުރެއްވީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ. އެއީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ...
އަލީ އާދިލް
މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މާޗް، 2015 ގައި ހިންގި މާރާމާރީއެއްގައި މުންޑޫ ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުލުވާލައިފި އެވެ. އެޕާޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ 16:00 ނިޔަލަށް ކަމަށެވެ. މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތ...
އަލީ އާދިލް
ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޗެމްޕިއަންކަން މުޙައްމަދު ރިޙާން ޝިހާމް އަދި ޙަމްނާ އަޙްމަދު ހޯދައިފިއެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައެވެ. މި މުބާރާތުގެ ދެވަނަ ހޯދައިފައި ވަނީ ވޭތުވެދިޔަ މުބާރާތުގެ ޗެމްޕިއަން، ޢަލީ އިމްޢާން އެވެ. މިބައިގެ ތިން ވަނަ ހޯދައިފައިވަނީ އަޙްމަދު ނީޤް ނިޔާޒެވެ. އަންހެނުންގެ ކެޓަގަރީގެ ދެވަނަ ހޯދައިފައިވަނީ ޢާއިޝަތު ސައުސަން އެވެ. ތިންވަނަ ހޯދައ...
މުޙައްމަދު އަފްރާޙް
ގޭންގުތަކާ މީހުން ގުޅުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ކަމަކީ އެއް ތަނެއްގައިތޮއްޖެހިގެން އުޅެން ޖެހުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުުވެއްޖެއެވެ. އެމްއެންޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވަޒީފާ އަދާކުރާ އުމުރަށް އަޅައިގެން ބޮޑު މީހަކަށްވާއިރުވެސް ޖެހެނި މައިންބަފައިންނާއި ނޫނީ އެހެންވެސް ގާތްތިމާގެ މީހުންނާއެކު ކުޑަކުޑަ ތަންތަންކޮޅުގައި ޝެއަރ ކޮށްގެން އުޅެން ކަމަށެވެ. މީހަކާ ނީންނަހާ ހިނދަކު ފްލ...
މުޙައްމަދު އަފްރާޙް
މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން މެލޭޝިއާ ޖާގަ ހޯދައިފިއެވެ. މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށް ދިޔަ މެޗުގައި މެލޭޝިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން މެލޭޝިއާއިން ވަނީ ސެޓްގެ […]
އިބްރާހިމް ޚަލީލް
ތ. ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުރުނީގައި ރުކެއް ކަނޑައި، އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:44 ގައެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ‘’އަނިޔާވި […]
ޔުމްނާ ޢަލީ