މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 617 ވަނަ ޞަފްޙާ

އަންހެނުންގެ ދުވަސް ފާހަގަކުރަން އެމްޑީޕީން ހާއްސަ ހަރަކާތެއް

އަންހެނުންގެ ދުވަސް ފާހަގަކުރަން އެމްޑީޕީން ހާއްސަ ހަރަކާތެއް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވެރިރަށް މާލޭގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އެމްޑީޕީން މިއަދު ބުނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިހަރަކާތް ބާއްވަން އެ ޕާޓީން ނިންމާފައި ވަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަސް ކަމަށްވާ މާރިޗް 8 ވަނަ ދުވަހުގެ އެވެ. އެދުވަހު 16:00 ގައި ފަށާ މިހަރާތް އޮންނާނީ އެމްޑީޕީގެ މައި ހަރުގެއާއ...

ޔުމްނާ ޢަލީ
ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ މަޝްވަރާކުރުމުގެ ބާރު ޤާސިމަށް ދީފި

ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ މަޝްވަރާކުރުމުގެ ބާރު ޤާސިމަށް ދީފި

އަންނަ ރިޔާސީ އިންތިޚާބުގައި އިސްވެ ޖޭޕީން އެހެން ރިޔާސީ ކެންޑިޑޭޓަކާއި ކޯލިޝަން ހަދަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ މަޝްވަރާ ހިންގުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން މިއަދު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަށް ދީފިއެވެ. ޖޭޕީގެ ޤައުމީ ކޮންފަރެންސްއަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުން މިއަދު ވަނީ ބާއްފައެވެ. ޖޭޕީގެ މައި މަރުކަޒު، ކުނޫޒުގައި  މެންދުރުފަހު 14:00 ގައި ފެށި މި ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ގަރާރެއް ހުށަހުއްވާފައެވެ. ނާޒިލްގެ ގަރާރަކީ، ޖޭޕީން […...

ޔުމްނާ ޢަލީ
ތިލަފުށި ކުޑަގިރިއަށް އެރި "އެމްއެސްވީ. މަރިޔާ" ތިން މިލިއަނުން ޖޫރިމަނާ ކޮށްފި

ތިލަފުށި ކުޑަގިރިއަށް އެރި "އެމްއެސްވީ. މަރިޔާ" ތިން މިލިއަނުން ޖޫރިމަނާ ކޮށްފި

ކ. އަތޮޅު ތިލަފުށީ ކުޑަގިރި ފަރަށް އެރި “އޭއެމް އެމްއެސްވީ. މަރިޔާ ސިންތަޔަތިރައި ރިޔަނަ” ނަމަކަށް ކިޔާ ބޯޓު 3,098,710.00ރ (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތްސަތޭކަ ދިހައެއް ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކޮށްފި އެވެ. އިންޑިއާއަށް ނިސްބަތްވާ މި ބޯޓު ކުޑަގިރިއަށް އަރާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް […]

އަލީ އާދިލް
ޔާމީނުގެ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް ހައިކޯޓަށް

ޔާމީނުގެ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް ހައިކޯޓަށް

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް މިއަދު ހައިކޯޓަށް ވަޑައިގެންފިއެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ޔާމީންގެ ވަކީލުންގެ ޓީމުން އެ […]

ޔުމްނާ ޢަލީ
އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ރޯވި ”އާގަލާ” ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. […]

ޔުމްނާ ޢަލީ
ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ. ގައުމީ ދިފާޢީ ބާރުން ވިދާޅުވީ އަލިފާން ރޯވީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ “އާގަލާ” ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރު ކަމަށް […]

މުޙައްމަދު އަފްރާޙް
ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުނ...

ޔުމްނާ ޢަލީ
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި އޮޕަރޭޝ...

ޔުމްނާ ޢަލީ
ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ، ”ވަދު ކަނދުފަތި” އެޅުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށަައިފިއެވެ. މަސްވެރިކަމާބެހޭއި ދަނޑުވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި، ސްޕޯޓްސް ފިޝިން އާއި އަދި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިނ...

ޔުމްނާ ޢަލީ
ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ތިން މީހަކު ވަނީ، މާލޭ، އަޅިވިލާ މަގުގައި ހުންނަ ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާފައެވެ. އެ ސްލިޕަކީ ސައްހަ ނޫން ސްލިޕެއްކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އ...

ޔުމްނާ ޢަލީ
އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި

އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލައެއް ނެގުމުން, ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅީ އަލީ އަމްޖަދު […]

އަލީ އާދިލް
މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމަވައިފިއެވެ. މިގޮތުން މީސްމީޑިއާއަށް މުނައްވަރު ދޫކޮށްލެއްވި ޕޯސްޓަރެއްގައި ވަނީ ”މުނައްވަރު 2023” ޖަހާފައެވެ. މީގެ އިތުރުން މުނައްވަރުގެ ކެމްޕޭން މަރުކަޒެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ. މުނައްވަރަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި ތައުލީމީ، ތަޖުރިބާކާރު ބޭފުޅެކެވެ. އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުނައްވަރު ރިޔާސީ ރޭހަށް ނުކުންނަވަނީ...

ޔުމްނާ ޢަލީ
މަސައްކަތްތެރިންނާއިނުލައި ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް: މައުރޫފް

މަސައްކަތްތެރިންނާއިނުލައި ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް: މައުރޫފް

މަސައްކަތްތެރިންނާއިނުލާ ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް ކަމަށާއި، މަސައްކަތްތެރިންނަކީ ގައުމު ހިންގުމުގެ އިންޖީނު ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާއްޓޭ ވަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަކީ މައިގަނޑު 6 ޔޫނިއަން އެއް ނުވަތަ 6 ޖަމިއްޔާއެއް ތަމްސީލްކުރާ ޖަމާއަތެއް ކަމަށް ވ...

ޙުސައިން ޝަހުދީ
މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބައެއް މަސްވެރި އުޅަނދުތަކަށް އިއްޔެ ޒިޔާރަށް ކޮށްފިއެވެ. އެމްއެންޕީން ބުނި ގޮތުގައި ނާޒިމް އިއްޔެ ހަވީރު ވަނީ މާލޭސިޓީ، މަސް މާރުކޭޓުގެ ބަނދަރު ސަރަހައްދަށް ޒިޔާރަށް ކުރަށްވައި ބައެއް ދޯނިތަކަށް އަރުއްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމްއެންޕީން ބުނިގޮތުގައި ކުރިމަގުގައި ނާޒިމް މަސްވެރި އުޅަނދެއްގައި މަސްވެރިކަން ތަޖުރި...

ޔުމްނާ ޢަލީ
ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި

ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ޤަޠަރަށެވެ. އެ ޤައުމަށް ވަޑައިގެން އެޤައުމުގެ ވެރިރަށް ދޯހާގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޤަޠަރަށްފަހު ރައީސް ދެން ވަޑައ...

ޔުމްނާ ޢަލީ