ދިހަ އަހަރުން ދަށުގެ ހަތަރު ދަރިންނާއެކު ވަރަށް ދަތިހާލުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މަޔެއް ހިމެނޭ ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް “މަމްސް” ޖަމިއްޔާ މަސައްކަތްފަށައި، އެ ޢާއިލާއަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. ”މަމްސް” ޖަމިއްޔާއިން ބުނީ މި ޢާއިލާއަށް ވަރަށް އަވަހަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އެ ޢާއިލާގައި ތިބި ހަތަރު ކުދިންކުރެ ދެ ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ އާއިލާ ދިރިއުޅޭ ތަނުގެ ހާލަތ...
ޔުމްނާ ޢަލީ
ނާކާމިޔާބީވުމަކީ އިރުއިރުކޮޅާ ހުރި ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި ހެޔޮ ނަތީޖާ ނެރެވޭނީ، ދިގު މުއްދަތަކަށް އެއްގޮތަކަށް ދެމިހުރެގެން ކަމަށެވެ. އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ”ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮނަތީޖާ ނު...
ޔުމްނާ ޢަލީ
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތ...
ޔުމްނާ ޢަލީ
ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު...
ޔުމްނާ ޢަލީ
ތެޔޮ އުފުލާ ދޯންޏެއްގައި އުޅުނު ބަންގްލަދޭޝް މުހައްމަދު ލިޓަން މަރާލާފައި ވަނީ ފައިސާތަކެއްގެ ބޭނުމުގައި، އޭނާ އަށް ނޭނގި ހުއްޓާ ކޮއްޕާ މޫދަށް ވައްޓާލައިގެން ކަމަށް އެ މައްސަލާގައި ތުހުމަތުވާ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނިގޮތުގައި 28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ “ހެދޭކުރި” ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓަން އާއި ގދ. ތިނަދޫ، މަނާރު،...
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ވަފުދެއް ގުރައިދޫ ދާއިރާއަށް ދަތުރެއް ފަށައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމުން ބުނީ މި ދަތުރަކީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު އިބްރާޙީމް ރިޟާ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެ، ރިޟާގެ ޢާއިލާއާއި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޔާމީންގެ ތައުޒިޔާ ރައްދުކޮށް ހިތްވަރު ދިނުމަށް ކުރާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ލީޑު ކުރައްވަނީ އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީގެ ރައީސް އަބުދުއްރ...
ޔުމްނާ ޢަލީ
މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ކެމްޕެއިންގައި ދެންނެވީ ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި، މައްސަލައިގެ ހައްލު ދެނެގަނެ، އެކަން ކުރެވޭނެކަން ޔަގީންވާތީކަމަށް މާލޭ ސިޓީގެ މޭޔާރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަންގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައި، ޕްރައިމަރީއަށް ހުޅުވާލައިފިއެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެމްއެންޕީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، އެމްއެންޕީގެ މައި އޮފީހަށް ހުށަހަޅަން ޖެހެނީ 7 މާރޗް 2023 ވާ (އަންގާރަ) ދުވަހުގެ 14:00 ކުރިންނެވެ. މިތަކެތި އެ ޕާޓީގެ އީމެއިލް adm...
ޔުމްނާ ޢަލީ
މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރެވިގެން ދިޔުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދައުލަތުން އެ ޒިންމާއާއި ހަވާލުވުމުގެ ކުރީން ދަރިންނަށް ކިޔަވައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އައީ ރައްޔިތުން އަމިއްލައަށް ކަމަށާއި، ތާރ...
ޔުމްނާ ޢަލީ
ދިވެހި ފަސްގަނޑަކީ ބޭރުގެ އެއްވެސް ގައުމެއްގެ މަސްލަހަތު އެއްގޮތަކަށް ވެސް ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި އެއްވެސް ބަޔަކަށް އެފުރުސަތު ނުދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީން ރޭގައި ވަނީ “ނާޒިމް ބުނަނީ ކީކޭ؟” ނަމުގައި ކްލަބް ހައުސް އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ކްލަބް ހައުސްގެ އިތުރުން އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރި މި އިވ...
ޔުމްނާ ޢަލީ
ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއުލާން ކުރައްވައިފި އެވެ. ސަރުކާރުގެ ޔުނިވާސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެންނެވި ބަދަލު ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ، މާރިޗު 1 ވަނ...
ޔުމްނާ ޢަލީ
ނ. ކެނދިކުޅުދޫ އިން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ހުޅުވާލައި، ކެނދިކުޅުދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައި ވަނީ އެ ފުރުސަތު ހުޅުވާލީ އެެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ. އެރަށުން ބިމަށް އެދި ކުރިމަތިލެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަން (އީސީ)ގައި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ކެނދިކުޅު...
ޔުމްނާ ޢަލީ
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ. އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ އެތަނުގެ ބެލެނިވެރި ސަރުކާރުގެ އިދާރާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. “އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގް ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައިސީނާ ޑައިލޮގް އަކީ އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށް ގ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު “އެމް.އެން.ޔޫ ފަހި ސުފުރާ” ހުޅުވައިފިއެވެ. މިފެސްޓިވަލް އިފްތިތާޙު ކޮށްދެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުﷲ ޖާބިރެވެ. މިފެސްޓިވަލް ކުރިއަށް ދާނީ 1 ން 2 މާރިޗް 2023 އަށް ކޮންމެ ދުވަހަކު 10:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ...
އިބްރާހިމް އަސްވާޤް