ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މިއީ ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ބާއްވާ އިވެންޓެކެވެ. ހައިރައިޒުން ބުނީ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި އިވެންޓު އޮންނާނި ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ. މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ […]
މުޙައްމަދު އަފްރާޙް
ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ފައްޔާޟު ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. “އެމްޑީޕީއަކީ އަބަދުވެސް...
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ހޮސްޕިޓަލުން ޑައިލެސިސްގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށައިފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ މިގޮތަށް ނިންމީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކަމަށެވެ. ޑައިލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ޚިދުމަތެއް ކަމަށާއި ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިދާއިރާ ފުޅާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީ...
މުޙައްމަދު އަފްރާޙް
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށ...
މުޙައްމަދު އަފްރާޙް
ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް މި މަހު ބާއްވަން ނިންމާފައިވާކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28 ން 30 އަށް ކަމަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަ...
މުޙައްމަދު އަފްރާޙް
އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ގޮސްފައިވާ ކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ. މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ކަމާއި ބާ ކައުންސިލްގެ ހިންގާކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޑރ. އަނާރާ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ރޭގެ އިޙްޔާ ފޯރަމްގެ މައުޟޫއަކީ “މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” އެވެ. މި މައުޟޫޢަށް ރޭގެ ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވަނީ އަން...
ޔުމްނާ ޢަލީ
މާލެ އަތޮޅު ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބްލެކް އީގަލްސް އިން ހޯދައިފިއެވެ. މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ސްރީލަންކާގެ ސީނިއަރ ގައުމީ ޓީމްގެ އިސުރު/ދީޕްތީ އަދި ގައުމީ ޓީމް ކޯޗް ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލަސް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ)، ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ހުރާގެ ޓީމް […]
މުޙައްމަދު އަފްރާޙް
ވަޢުދުފުޅުތައް ފުއްދުމުގެ ނަމުގައި އުސޫލުތަކުން ބޭރުން ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ވޭމަންޑޫ އާއި އެ އަތޮޅު ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި، މިމަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް ދެއްވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ވޭމަންދޫ ކިނބިދޫ ކޯޒްވޭގެ މަސައްކަތްވެސް ޓެންޑާކޮށް، މަޝްރޫޢު ބަޔަކާއި ހަވާލުކޮށްގެން މި...
މުޙައްމަދު އަފްރާޙް
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި, 15 ދުވަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. މުއިއްޒު 2019 ވަނަ އަހަރު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. […]
ހުސައިން ހަބީބް
އާބަންކޯގެ ނަމުގައި ސްކޭމް ކޯލުތަކަކާއި ޝައްކުކުރެވޭ ލިންކުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ. އެ ކުންފުނިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އާބަންކޯގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަން ހަނދުމަކޮށްދޭ ކަމަށާއި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން މިކަމަށް ސަމާލުވުމަށް އެދިފައިވާއިރު، އެކި މުވައ...
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ ޓީމް ތަންޑަރ ބޯލްޓާއި އާއި ޓީމް މަންފާ އެވެ. ފުރަތަމަ ސެޓް ވަރަށް ފަސޭހަ ކަމާއެކު 15/25 އިން ޓީމް ތަންޑަރ ބޯލްޓް ގެން ގޮސްފައި ވަނިކޮށް ފަހަތުން އަރާ ތިން ސެޓް އެއް ސެޓުން ރޭގެ މެޗު ކާމިޔާބު ކުރީ ޓީމް މަންފާއެވެ. ސެޓުތައް ގެންގޮސްފައިވަނީ 17/25 ،20/25 ،21/25 ،25/15 އިންނެވެ. މެޗު ފަށައިގެން ޓީމް ތަންޑަރ ބޯލްޓުން […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ. ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ސަލާހާ ޢައްޔަނު ކުރައްވައިފިއެވެ. ރާއްޖޭގެ ފުރަތަމަ ޗީފް އިންޓަރނަލް އޮޑިޓަރުގެ ގޮތުގައި ސަލާހާ އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 13 އެޕްރީލް 2023 ވީ ބުރާސްފަތި ދުވަހުއެވެ. ސަލާހާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ. ސަލާހާއަކީ 2023 ވަނަ އަހަރުން ފެށިގެން ޗާޓަ...
ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އޭނާގެ ގާތިލް އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ […]
ހުސައިން ހަބީބް
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޚާއްޞަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” http://app...
ޔުމްނާ ޢަލީ
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް، އިބްރާޙީމް ޝާޒް ކުރި ހޯދައިފިއެވެ. މި އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރި އަލީ އާރިފް އެވެ. މިހާތަނަށް ސާފުވި ވަގުތީ ނަތީޖާ އަށް ބަލާއިރު ޝާޒް އާއި އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ […]
ޔުމްނާ ޢަލީ