މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 596 ވަނަ ޞަފްޙާ

އިތުރު ކުރި ވަގުތުގެ ތެރޭގައި ވޯޓުލީ 83 މީހުން

އިތުރު ކުރި ވަގުތުގެ ތެރޭގައި ވޯޓުލީ 83 މީހުން

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މިއަދު ހަވީރު 17:00 ގައި ވޯޓު ބަންދު ކުރުމާއި ހަމައަށް 2755 މީހުން ވޯޓުލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއްވި މައުލޫމާށް ބަލާއިރު، މިއަދު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 2672 މީހުންނެވެ. މިއަދުގެ ވޯޓު ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ވެސް 16:00 އާއި ހަމަށެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ […]

ޔުމްނާ ޢަލީ
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ގުނުން ރޯދަ ވީއްލައިގެން!

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ގުނުން ރޯދަ ވީއްލައިގެން!

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނުން އޮންނާނީ މިއަދުގެ ރޯދަ ވީއްލައިގެން ކަމަށް  އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 17:00 އަށް ވޯޓުލާ ވަގުތު އީސީން ދަންމާލިއެވެ. ވޯޓުލާ […]

ޔުމްނާ ޢަލީ
ރަމަޟާން މަހާއި ބެހޭ ހާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން ބާއްވަނީ

ރަމަޟާން މަހާއި ބެހޭ ހާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން ބާއްވަނީ

ރަމަޟާން މަހާއި ބެހޭ ޚާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން އިން ބޭއްވުމަށް ނިންމައިފިއެެވެ. އެ ފައުންޑޭޝަނުން ބުނީ މިއީ އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި އެ ފައުންޑޭޝަން ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. މި ޖަލްސާ ގެ މައުޟޫއަކީ “އެންމެ މާތް މައްސަރު” ކަމަށް ވެސް ބުނެފަވެއެވެ. މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވާ އޭޕްރިލް 17 ވާ ހޯމަ ދުވަހުގެ ރޭ 9:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. […]

މުޙައްމަދު އަފްރާޙް
ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް

ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުރުކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މަޝްވަރާނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު […]

ޔުމްނާ ޢަލީ
''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''

''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ. މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމްގެ ގޮތުގައި ހުންނެވި، ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ. ފުވައްމުލައް ސިޓީގައި ބޭއްވި އިޙްޔާ ފޯރަމްގެ މައުޟޫއަކީ ”ﷲގެ ނިޔާއަށް ރުހުން” އެވެ. މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވި...

ޔުމްނާ ޢަލީ
އެމްއޭ ކަޕް ވޮލީ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބިއުޓީސް އަށް!

އެމްއޭ ކަޕް ވޮލީ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބިއުޓީސް އަށް!

މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ހުރައަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ ޓީމް ބިއުޓީސް އާއި ޓީމް މަންފާއެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާތީ، ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކުޅުމެކެވެ. ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ފެނިގެން ދިޔަ މި މެޗު ތިން ސެޓް އެއްސެޓުން ކާމިޔާބު ކުރީ ގައުމީ ޓީމުގެ […]

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މެންދު 12:00 އާއި ހަމައަށް 1،097 މީހުން ވޯޓުލައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ވިދާޅުވި ގޮތުގައި މެންދުރު 12:00 އާއި ހަމައަށް 1،097 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 32.05 އިންސައްތަ މީހުންނެވެ. މެންދުރު 12:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ […]

ޔުމްނާ ޢަލީ
ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ

ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތް ވެހިކަލެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެއާޕޯޓު މަސައްކަތު ސައިޓެއްގައި އޮތް ވެހިކަލެއްގައެވެ. އެއީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާގެ ބީޔޫސީޖީގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސާސް މިހާރު ވަނީ އެ ވެހިކަލްގައި ރޯވި އަލިފާން ނިއްވާލާފައިކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. މި ހާދިސާއާއި ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަނެއް އެކަމުގެ އެއްވެސް އަސަރެއް ފޯރާފައ...

ޔުމްނާ ޢަލީ
ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް

ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް

ދިވެހި ބަހަށް އިސްކަންދޭ ކަން ޤާނޫނުގައި ލިޔެފައި އޮތުމުގެ އިތުރުން އެކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް އެދި ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން އެ އެކަޑަމީން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި ފާހަގަ ކުރާއިރު ދިވެހި ބަހުގެ އެކަޑަމީގެ އިލްތިމާސެއް އެބައޮތް ކަމަށެވެ. މިގޮތުން މި ޤައުމުގައި ދިވެހި ބަހަށް އިސްކަންދޭން ޖެހޭކަމަށް ޤާނޫނުގެ ކަރުދާހުގައި ލިޔެފައި އޮތުމުގެ އިތުރުން ދިވެހ...

ޔުމްނާ ޢަލީ
''އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ދިވެހި ބަހުން ތަގްރީރު ކުރެއްވުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފު''

''އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ދިވެހި ބަހުން ތަގްރީރު ކުރެއްވުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފު''

އެކުވެރި ދައުލަތްތައް (އދ.)ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މަޖިލީހުގައި ދިވެހި ބަހުން މުޚާތަބުކުރުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފާއި، އުފާ ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. މިއީ […]

ޔުމްނާ ޢަލީ
''ރަސޫލާ ﷺ މުއާމަލާތް ކުރެއްވި ގޮތް އުނގެނި ޢަމަލުކުރާނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތައް ނެތިގެންދާނެ''

''ރަސޫލާ ﷺ މުއާމަލާތް ކުރެއްވި ގޮތް އުނގެނި ޢަމަލުކުރާނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތައް ނެތިގެންދާނެ''

މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ”އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ޝައިޚް ވިދާޅުވީ ރަސޫލާ މުއާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެ ކަމަށެވެ. ރަސޫލާ ގެ ޙަޔާތްޕުޅުގައި ދިމާވި ދަތި...

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު ބްލެކް އީގަލްސް އަށް ފަސޭހަ މޮޅެއް!

އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު ބްލެކް އީގަލްސް އަށް ފަސޭހަ މޮޅެއް!

ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ ހިންމަފުށި ސްޕޯޓްސް އާއި ތުލުސްދޫގެ ބްލެކް އީގަލްސް އެވެ. ލަންކާގެ ގައުމީ ޓީމުގެ ކޯޗް އަދި ވަރުގަދަ ދެކުޅުންތެރިން ކަމަށްވާ ދީޕްތީ، އިސުރު ހިމެނޭ ބްލެކް އީގަލްސް އިން މިހާރުވެސް ސެމީފައިނަލް ކަށަވަރު ކޮށްފައިވާތީ އާއި ހިންމަފުށި ސްޕޯޓްސް އަށް މުބާރާތުން ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާތީ ރޭގެ މެޗުގައި މާ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި މެޗު […]

މުޙައްމަދު އަފްރާޙް
އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ

އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ

އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގެ ގުރުއަތުނެގުން އޮންނާނީ ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިއަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހު...

މުޙައްމަދު އަފްރާޙް
އުމްރާއަށް ގޮސް އުޅުނު ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ގޮސް އުޅުނު ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފަށައިފިއެވެ. ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށްކަމަށް އޭނާ އުމްރާއަށް ގެންދިޔަ ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕް އިން މަޢުލޫމާތު ދީފައިވެއެވެ. އެ އަންހެންމީހާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި އުމްރާ ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ. އެ ގުރޫޕުން ބުނެފައިވާ ގޮތުގައި އޭނާ ގެއްލުނު އިރު ލައިގެން ހުރީ […]

އަލީ އާދިލް
މާފުށީގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިފި

މާފުށީގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިފި

ކ. މާފުށީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަގަހައެއް ރޭ ހުޅުވައިފިއެވެ. އެމްއެންޕީން ބުނީ މި ޖަގަހައަކީ އެ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އެރަށުގައި ހުޅުވި ޖަގަހައެއް ކަމަށެވެ. މި ޖަގަހަ ހުޅުވުމަށް ރޭ މަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންނާއި، އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކ...

ޔުމްނާ ޢަލީ