މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 593 ވަނަ ޞަފްޙާ

މާދަމާ އަކީ ކުޑަ އީދު ދުވަސް

މާދަމާ އަކީ ކުޑަ އީދު ދުވަސް

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް (ކުޑަ އީދު) ކަމަށް ކަނޑައަޅައިފިއެވެ. 1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމި ނިންމުމުގެ ބަޔާން ވަނީ އިއްވައި ދެއްވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ އިއްވެވި މި ހަނދާބެހޭ ބަޔާނުގައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މިއަދު ކަމަށް ކަނޑައަޅާފައެވެ. އަދި […]

ޔުމްނާ ޢަލީ
ހުޅުމާލޭ އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިއްޖެ

ހުޅުމާލޭ އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެއެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ...

މުޙައްމަދު އަފްރާޙް
މި އަހަރު މީހުން ހައްޖަށް ގެންދަން ހުއްދަ ދީފައިވަނީ ތިން ކުންފުންޏަކަށް

މި އަހަރު މީހުން ހައްޖަށް ގެންދަން ހުއްދަ ދީފައިވަނީ ތިން ކުންފުންޏަކަށް

މި އަހަރު (1444) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުންޏަކީ އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ. ކުންފުނިތަކަށް ކަނޑައަޅާފައިވާ އަގުތަށް އުޅެނީ އެވްތެޖްކޮށް ހަތްދި...

އިބްރާހިމް ޚަލީލް
ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އިލްތިމާސްކޮށްފި

ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އިލްތިމާސްކޮށްފި

ސިންގަލް ޔޫސް ޕްލާސްޓިކް ކޮަތަޅުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ ވުޒާރާ އިން މިހެން ބުނެފައި މިވަނީ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުން ގިނަބަޔަކު ފާޅުކުރަމުން އަންނާތީ ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނެއްގައި ބުނީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން […]

މުޙައްމަދު އަފްރާޙް
ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އޭނާ ސުލޫކާ ހިލާފު ވެފައި ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ. ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ސިންގަޕޫރަށް ފޮނުވައިގެން […]

ހުސައިން ހަބީބް
އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި

އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި

1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފިއެވެ. ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި، މާލޭގައި ބޭއްވި ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ހޮވުނު ފަރާތްތަކުގެތެރެއިން އެއްވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިގުރުއަތުން އެއްވަނައަށް ހޮވިފައިވަނީ IFP 4258 އަށް ލިބުނު އިނާމަކީ ސްޓެލްކޯއިން ސްޕޮންސަރކޮށްފައިވާ ޢުމްރާ ދަތުރެކެވެ. ދެވަނައަށް ހ...

މުޙައްމަދު އަފްރާޙް
ޝާޒް ހުވާކުރުން މި މަހު 24 ގައި

ޝާޒް ހުވާކުރުން މި މަހު 24 ގައި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިޚާބުވި އިބްރާހިމް ޝާޒު، މަގާމުގެ ހުވާ ކުރައްވާނީ މި އޭޕްރިލް 24 ވާ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ވަނީ ޝާޒު، މަގާމަުގެ ހުވާ ކުރައްވާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. މީގެ އިތުރުން އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަން ވެސް […]

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: ބުޅިކެގެ ތަފާތު މޮޅު ކުޅުމާއެކު ތްރީޑީ ފައިނަލަށް

އެމްއޭ ކަޕް ވޮލީ މުބާރާތް: ބުޅިކެގެ ތަފާތު މޮޅު ކުޅުމާއެކު ތްރީޑީ ފައިނަލަށް

ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގައަށް ޓީމް ތްރީޑީ ދަތުރުކޮށްފިއެވެ. މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އާއި ލަންކާގެ ސީނިއަރ ގައުމީ ޓީމުގެ ބާރު ސޮޓު ޖެހުންތެރިޔާ މަހޭޝް އަދި ރާއްޖޭގެ މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިޔާ ޑެންޒޯ ހިމެނޭ […]

މުޙައްމަދު އަފްރާޙް
ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިއްޖެ

މި ރަމަޟާން މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ޢާންކުރައްވައިފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި 3 އަހަރުގެ ނިޞްބަތުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު އިތުރެވެ. 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 1442 ވަނަ އަހަރު ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާ […]

މުޙައްމަދު އަފްރާޙް
އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތައް ބަންދުވާނެ

އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތައް ބަންދުވާނެ

އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެކަން ހާމަކޮށް ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ މިއަންނަ ހުކުރުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. އެގޮތުން ސްޕެޝަލިސްޓް އޯޕީޑީ އާއި އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތަައް ފިޔަވައި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހ...

މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލުގެ މޫނުބުރުގާގެ މައްސަލައިގާ ކޯޓު އަމުރެއް ނުދިން މައްސަލަ ހައިކޯޓަށް

އަރަބިއްޔާ ސްކޫލުގެ މޫނުބުރުގާގެ މައްސަލައިގާ ކޯޓު އަމުރެއް ނުދިން މައްސަލަ ހައިކޯޓަށް

އަރަބިއްޔާ ސްކޫލުގެ މޫނުބުރުގާގެ މައްސަލައިގާ ކޯޓު އަމުރެއް ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ. އެ ސްކޫލުގެ ބެލެނިވެރިން ބުނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ، އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ ސްކޫލްގެ ބައެއް ބެލ...

މުޙައްމަދު އަފްރާޙް
މިއަހަރުގެ އެންމެފަހު އިހްޔާ ފޯރަމް މިރޭ

މިއަހަރުގެ އެންމެފަހު އިހްޔާ ފޯރަމް މިރޭ

ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އިހްޔާ ފޯރަމްގެ މިއަހަރުގެ އެެންމެފަހު ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މިރޭގެ ފޯރަމް ވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. މިރޭގެ ފޯރަމް “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫއު ހަމަަޖައްސާފައިވާއިރު، ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރޭގަނޑު 9:30 ގައި...

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ 15 އޭޕްރިލް 2023 ވަނަ ދުވަހުއެވެ. އެ އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަން އޮތް ދުވަހުގެރޭ 22:15 ހާއިރު އީސީން ވަނީ އިއުލާންކޮށްފައެވެ. އަދި މިއަދު ރަސްމީ ނަތީޖާ އިއުލާން ކުރިއިރު ވަގުތީ ނަތީޖާއިން ދެއްކި ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ މި އިންތިޚާބުގައި ވޯޓު […]

ޔުމްނާ ޢަލީ
ދެ ބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

ދެ ބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

ދެ ބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސަރޓަން ނުވަތަ ޓެލްސަރޓާ 40ގެ ބެޗެއްގައި (2B151) މައްސަލަ އުޅޭކަމަށް އެބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ އުޅޭ ބެޗުގެ ބޭސް ރާއްޖޭގައި ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ އިދާރާއިން އިތުރަށް ބުނީ ޕާކިސްތާނުގެ ފާމް އިވޯ ފަރމަސޫޓިކަލްސް އ...

މުޙައްމަދު އަފްރާޙް
ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް: އޮޑިޓް އޮފީސް

ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް: އޮޑިޓް އޮފީސް

ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެ އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަޤްޞަދު ޙާސިލުވާގޮތަށެވެ. އަދި މާލިއްޔަތު ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން ރައީސް އޮފީހުން 2021 ވަނަ އަހަރުގެ މާލީ އަހަރުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވު...

މުޙައްމަދު އަފްރާޙް