ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއް ކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. “މިތަން ހުޅުވުނުރޭ އަޅުގަނޑު...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި ބިލް ފާސްކުރަމުން ދަނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް އަމާޒުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. މޮސްޓާގެ ޓްވީޓުގައިި ވިދާޅުވީ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، ރައީސް ގަރާރެއް ނެރުއްވައިގެން ވެސް ކޮތަޅުގެ އަގަށް ގެނައި ބަދަލު ހައްލުލުރެވޭނެ...
މުޙައްމަދު އަފްރާޙް
ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓައަރ ކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ ގާޟީ ހަސަން ސައީދު ރިޓައަރ ކުރައްވަން ނިންމެވީ މާރިޗު 20 ގައި ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެއީ އޭނާގެ އެދިވަޑައިގަތުމާވެސް އެކު އުމުރުން 55 އަހަރު ވެފައިވުމާއި ގުޅިގެން ކަމަށެވެ. ފަނޑިޔާރެއްގެ ގޮތުގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ހަސަން ސައީދު ރިޓައަރ ކުރެއްވީ މިއަދުން ފެށިންނެވެ. އޭނާ […]
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި މި ރަމްޟާން މަހު ކުޅުނު އެމްއޭކަޕް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމ،ްޕިއަންކަން ޓީމް ތްރީޑީ ހޯދައިފިއެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީކޯޓުގައި ކުޅެވުނު މި މެޗުގައި ތްރީޑީ ބައްދަލުކުރީ އަވަށްޓެރި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދީޕްތީ އާއި މިހާރުގެ ކެޕްޓަން އިސުރު އަދި ލަންކާގެ ގައުމީ ޓީމް ކޯޗު ޗަންނަ ޖައެސޭކަރަ ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލްސް އާއެވެ. އެހެންނަމަވެސް ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުގެ މައްޗަށް ދިވެހި […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތްނަމަވެސް ފަރުވާދިނުމުގެ ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓަރުގެ ނައިބު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދިނުމުގެ ތަންތަން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ސިއްޙީ ޚިދުމަތް ފޯރ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަން ހާމަކޮށް އެ އިދާރާއިން ބުނީ އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަަށެވެ. މެޓް […]
މުޙައްމަދު އަފްރާޙް
ޒުވާން ޖީލަށް އަމާޒުކޮށްގެން އިސްލާމީ ކޮންޓެންޓު އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ, “ހަލާލް ޖެނެރޭޝަން ޕްރޮޑަކްޝަންސް” ގެ ފުރަތަމަ މަދަހަ އަލްބަމް މިރޭ ނެރުމަށް ތައްޔާރުވެއްޖެއެވެ. “ތިލަދުން މީޑިއާ ގުރޫޕް” އާއި ގުޅިގެން ނެރުމަށް ހަމަޖެހިފައިވާ މި މަދަހަ އަލްބަމުގައި ޖުމްލަ ތިން މަދަހައެއް ހިމެނެއެވެ. ޒުވާން ފަންނާނުންތަކެއްގެ ހުނަރު ފެންނަ މި އަލްބަމުގެ ނަމަކީ “ތައުބާ” އެވެ. އެ އަލްބަމުގެ ޑައިރެކްޓަރު, އަހްމަދު އަރުޝަމް “ތިލަދުން” އަށް ބުނީ އަލްބަމުގެ ހުރިހާ މަދ...
އަލީ އާދިލް
މިއަހަރު ފިޠުރުޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް 9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެ ފައިސާ އެ މިނިސްޓްރީގައި އޮންނަ ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި އެ މިނިސްޓްރީ އަށް ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ވަނީ ލިބިފައ...
ޔުމްނާ ޢަލީ
ފޯޅަވައްސާއި ގުޅުވައިގެން ދިވެެހިންގެ ތެރެއިން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް ކަމަށް އައްޑޫ ސީޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް ކުރާ ދަޢުވާއާއިގުޅިގެން ދިވެހިންގެ މެދުގައި ވަނީ ބަހުސެއް ހިނގާފައެވެ. އަދިވެސް އެބަހުސް ދަނީ ކުރިއަށެވެ. ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ބަޔަކު ވެސް އެބަތިއްބެވެ. އެކަމަށ...
ޔުމްނާ ޢަލީ
ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އ...
ޔުމްނާ ޢަލީ
ސިޔާސީކޮށް ޖޯކުޖަހާވަރަށްވުރެސިޔާސީ ތިމާވެއްޓަށް ޕުލާސްޓިކުގެ ސަބަބުން ލިބޭ ނުރަށްކާ މާބޮޑުކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ކުނި މެނޭޖު ކުރުމުގެ ގާނޫނު އަމަލުކުރަން ފެށުމާއެކު ވިޔަފާރިތަކުން ކޮންމެ ކަސްޓަމަރެއް އަތުން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވާއިރު، ކޮތަޅު ބޮނޑިއެއްގެ އަގު ވެސް ވަނީ އުފުލިފައެވެ. މި ބަދަލާއެކު މީހުންގެ ފާޑުކިޔުމާއި، އެކަމާއި ގުޅުވައިގެން ޖޯކު ކަންތައްތައް ވެސް ކުރަމުންދާ ދަނޑިވަޅެއްގައި ޝިފާޢު ވިދާޅުވީ...
ޔުމްނާ ޢަލީ
މި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރި އެންމެ ބޮޑުއެއް ކާމިޔާބީއަކީ ދިވެހިން މި ދެކޭ ހަމަޖެހުމާ އަމާންކަން ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި މާރިޔާ ވިދާޅުވެފައިވަނީ ގިނަ ގޮންޖެހުންތަކާއެކުވެސް ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާ ވެސް ހިމެނިގެން، ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި […]
މުޙައްމަދު އަފްރާޙް
މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަމީނުލް އިސްލާމް ކިޔާ އެ މީހާ ހެނދުނުގެ ސައިގެ ވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ. އަމީނުލް ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. ހެލްތް ސެންޓަރުން މައުލޫމާތު ދ...
ޔުމްނާ ޢަލީ
އުފާވެރި ފިޠުރު ޢީދާ ކުރިމަތިލާއިރު، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ފިތުރުގެ މުނާސަބަތުގައި، ރައީސ...
ޔުމްނާ ޢަލީ
އީދު މަލާފަތް ނަމުގައި ސްޓެލްކޯ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއީ އީދު ދުވަހު ސުފުރާ މަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓު ކުރާއިރު، #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެ ކަމަށެވެ. އެ ޕޯސްޓް ޝެއަރ ކުރާ އިރު، ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަން ވާނީ “ޕަބްލިކް” ގައި ކަމަށާއި ފޮޓޯ ޕޯސްޓް ކުރެވޭނީ ފިތުރު އީދު ދުވަހުގެ ރޭގަނޑު 11:59 […]
މުޙައްމަދު އަފްރާޙް