ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ އޭޕްރިލް 15 ވަނަ ދުވަހު ކްރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ޕެކޭޖުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެެއްގެ އެއްޗެއް ހުރުމުން ކަސްޓަމްސް އިންވަނީ އެ ޕެކޭޖް އިތުރަށް ބަލައިފާސްކޮށްފައެވެ. މިގޮތައް ބަލައި ފާސްކުރ...
ޔުމްނާ ޢަލީ
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ޕީކް ލޯޑަކާއި ގުޅުމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ. މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުމާއި ގުޅުގެން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގައި 120 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ މިވަގުތު އެބަހުރި ކަމަށެވެ. މީގެ އިތުރުން އިރާދަކުރެއްވިއްޔާ ޖެނެރޭޓިންގ ކެޕޭސިޓީ ނެތިގެން އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ. މާލެ ސަރަހައްދުގެ ކަރަންޓު ދޭތެރެދޭތެރެއިން ކެނޑި، އާންމުންނަށް އެކަމުގެ ދަތިތައް ކުރިމަތިވާތީ ސްޓ...
މުޙައްމަދު އަފްރާޙް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، މ. ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޢައްޔަންކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މި ބޯޑަށް، އޭނާ އައްޔަން ކުރެއްވީ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. މި މަގާމަށް ޝިރުވީން އައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކ...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ހުޅުވާލުމާއެކު ޔާމީންގެ ކެނޑިޑެންސީ ފައިލް ކުރެވޭނެ ކަމަށެވެ. އެއާއެކު 48 ގަޑިއިރު...
މުޙައްމަދު އަފްރާޙް
މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:10 ހާއިރު ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއާއެކު، ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަނއްކާ ވެސް […]
މުޙައްމަދު އަފްރާޙް
ފަރުކޮޅު ފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނި ހުޅުމާލޭ ފޭސް 2 ފަރުކޮޅު ފުށީގައި ހުރި ބާ އިމާރާތެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށާއި އަލިފާން ރޯވީ، ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތެއްގައި ކަމަށް ވެސް ބުނެއެވެ. އެ އިދާރާ އިން އިތުރަށް ބުނީ މި އަލިފާން މިހާރުވަނީ ކޮންޓްރޯލްކޮށްފައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީިހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި […]
މުޙައްމަދު އަފްރާޙް
މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ. މެމްބަރުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ޝާޒު ވިދާޅުވީ ހަމައެކަނި ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް ލާބައާއި މަންފާއާއި އެބޭފުޅުންގެ ހުރި އުއްމީދުތައް ހާސިލްކުރުމަށް މިއީ ކުޑަ މުއ...
މުޙައްމަދު އަފްރާޙް
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވާތީ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެކަމަނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކީ ބައެއް ހާލަތްތަކުގައި ބޭނުންކުރަންޖެހޭ އެއްޗެއްކަމުގައިވާތީ މުޅިން އެތެރެކުރުން ހުއްޓާލުމުގެ ބަދަލުގައި އެއަށް އަގެއް ނަގަން ފެށްޓެވީކަމަށެވެ. ޕްލާސްޓިކް ކޮތަޅުން ނަންގަވަން...
މުޙައްމަދު އަފްރާޙް
ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފިއެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަށް ސަރުކާރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށް ވަނީ ގޮވައިލާފައެވެ. އަދި ރާއްޖޭގެ ސަރަަހައްދެއް ވިއްކާލުމަށް “ޑީލް” ހަދާފައިވާ މައްސަލައާ މެދު ސަރުކާރާ މެ...
މުޙައްމަދު އަފްރާޙް
ދެކުނުގެ ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އެ އިދާރާއިން ބުނީ ސައުތު ޕޮލިސް ޑިވިޜަން (ގއ. ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގައި ހިމެނޭ އަތޮޅެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުކޮށްފައިވަނީ ރޭ 11:02 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން […]
މުޙައްމަދު އަފްރާޙް
ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ދިނުމަށް ފާސްކޮށްފިއެވެ. އެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ލަފާދީފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ދިރާސާކުރުމަށް ފަހުއެވެ. އެ ގަރާރުގައި ވަނީ އާސަންދަ އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް،...
މުޙައްމަދު އަފްރާޙް
އިންތިހާބަކާއި ނުލާ ތިން ރަށެއްގެ ޑަބްލިއުޑީސީ އަށް މެމްބަރުން ހޮވިއްޖެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ ޖޫން މަހު ބާއްވަން ތާވާލުކޮށްފައިވާ ބައި-އިލެކްޝަންގެ ކުރިން އިންތިހާބަކާއި ނުލާ ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި މެންބަރުން ހޮވިފައިވާ ކަމަށެވެ. އެއީ ށ. މާއުނގޫދޫ، ރ. މީދޫ އަދި ގދ. ވާދޫ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވިފައިވަނީ ޕީޕީއެމްގ...
މުޙައްމަދު އަފްރާޙް
މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ. […]
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ޗެންޕިއަންކަން، އެންމެ ފަހުންވެސް މިތަށި ކާމިޔާބުކުރި، ޓީމް ބިއުޓީސް ހޯދައިފިއެވެ. އެ ޓީމުން މިތަށި ރޭ އުފުލާލީ، ޓީމް މަންފާގެ މައްޗަށް ކުރިހޯދައި ފަސޭހަކަމާއެކު އެއްވެސް އުނދަގޫކަމެއްނެތި ސީދާ ތިންސެޓުން ކާމިޔާބުކޮށް ގެންނެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުގެ ދެކުޅުންތެރިން ހިމެނިދާނެކަމަށް މުބާރާތުގެ ޤަވާއިދުގައިވާ ބުނެފައިވުމުން، ރޭ ކުޅުނު ދެޓީމުގައިވެސް ރަށުން ބޭރުގެ އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ. އާބަންކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މެރިން ޕޮލިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވަނީ ބުނެފައެވެ. ހުޅުމާލޭ ފަޅަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު އަޅާފައި އޮންނަތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސަފާރީ އާއި އޮޑިދޯނިފަހަރު...
މުޙައްމަދު އަފްރާޙް