މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 589 ވަނަ ޞަފްޙާ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ. “ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ […]

ޔުމްނާ ޢަލީ
”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” ކަމަށާއި، އަވަހަށް “އެހެން ދެބޯގެރިއެއް” ހޯދާށޭ ވިދާޅުވެ، އެކަމާ ދެކޮޅު ހެދިފަރާތްތަކަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ބަހުގެ ހަމަލާ އަމާޒުކުރައްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައެވެ. އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނ...

ޔުމްނާ ޢަލީ
އިޓްލޮސްގެ ނިންމުމާއެކު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް

އިޓްލޮސްގެ ނިންމުމާއެކު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައިވާއެކު މިކަމާގުޅިގެން ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ހާއްސަ ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، އެ އޮފީހުގައި ކުރިއަށްދާ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފ...

ޔުމްނާ ޢަލީ
ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފި

ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފި

މައްސަލަ ބޮޑުވެފައިވާ ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފިއެވެ. އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމާފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު، ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ. ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން […]

މުޙައްމަދު އަފްރާޙް
ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ. އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި […]

ޔުމްނާ ޢަލީ
ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް ފަށައިފި

ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް ފަށައިފި

ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަށައިފިއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މި އޭޕްރިލް މަހުގެ 30 ގެ ނިޔަލަށް ބާއްވާ މި ވޯކްޝޮޕަކީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މި ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ހަތަރު ކާޑިއޮލޮޖިސްޓުން ވެ...

މުޙައްމަދު އަފްރާޙް
ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލުގައި ބައިވެރިވާއިރު، މުރަކައިގެ ތަޖުރިބާކަރު...

މުޙައްމަދު އަފްރާޙް
ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން: ސަރުކާރު

ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން: ސަރުކާރު

ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނެރެފައިވާ ބަޔާނާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނުގައެވެ. މި މައްސަލާގައި ރައީސް ޢަމަލުކުރައްވާފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް އެ ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން...

މުޙައްމަދު އަފްރާޙް
ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް

ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް

ޗާގޯސްގެ މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ސިޓީފުޅެއް ފޮނުއްވާފައިވާނަމަ، އެ ސިޓީފުޅު ބާތިލުކުރުމަށް އެދި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އުމަރު މި ސިޓީ ސްޕްރީމް ކޯޓަށް ހުށަހެޅީ ހ. ދޮންޖޭމުގޭ އުމަރު ނަސީރު، ޖަންކަރު، މުހައްމަދު މުސްތާގު، ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު ހިމެނޭހެން، މި ތިންބޭފުޅުންގެ ނަމުގައެވެ. އެ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދ...

މުޙައްމަދު އަފްރާޙް
ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލާ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފި

ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލާ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފި

ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލަރ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފިއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭ ލިންކް ރޯޑްގާއި ހުޅުމާލޭ ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީގެ އަމަލީ މަސައްކަތް ނިމި، އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިވާ ކަމަށެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއު...

މުޙައްމަދު އަފްރާޙް
މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް

މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް

މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ ގަވާއިދަށް 2021 ވަނަ އަހަރު ގެނެވުނު ބަދަލާއިއެކު ލިބޭ އެންމެ ކުރު ޗުއްޓީއަށް މަޖިލިސް ދިޔައިރު، މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ވަނީ ނިންމާފައެވެ. މި ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މިޖަލްސާގައި ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ. އެގޮތުން ކޮމިޓީތަކުން ހުށަހަޅާ 4 ރިޕޯޓެއް އެޖެންޑާކޮށްފައިވީނަމަވެސް ވޯޓަށް އެހޭވަރަށް މަސައްކަތް ނިންމުނީ މިއަދުގެ މަސ...

މުޙައްމަދު އަފްރާޙް
ހެއްކާއި ބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން އެމްއެމްސީގެ ކަންބޮޑުވުން

ހެއްކާއި ބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން އެމްއެމްސީގެ ކަންބޮޑުވުން

ހެއްކާއި ބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން މޯލްޑިވްސް މީޑިއާ ކައުންސިލްް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށާއި ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރު...

މުޙައްމަދު އަފްރާޙް
ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި

ޗާގޯސް މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ. މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އިދިކޮޅު ކޯލިޝަނުގެ ބައެއް އެހެން މެމްބަރުން ވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސް އާ ފުށުއަރާ މަ...

މުޙައްމަދު އަފްރާޙް
ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ […]

ހުސައިން ހަބީބް
ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފިއެވެ. މޯލްޑިވްސް އޯޕަން 2023، 10 ބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްމެޗު ބައްލަވާލައްވައި އެމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރަޕް ކުޅުންތެރިޔާއަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ. މިމުބާރާތ...

ޔުމްނާ ޢަލީ