އާބަންކޯގެ ނަމުގައި ސްކޭމް ކޯލުތަކަކާއި ޝައްކުކުރެވޭ ލިންކުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ.

އެ ކުންފުނިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

އާބަންކޯގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަން ހަނދުމަކޮށްދޭ ކަމަށާއި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މިކަމަށް ސަމާލުވުމަށް އެދިފައިވާއިރު، އެކި މުވައްސަސާތަކުގެ ނަމުގައި ސްކޭމް ކޯލުތަކާއި މެސެޖުތައް އެކިދުވަސްވަރު އަންނަނީ ފޮނުވަމުންނެވެ.

އެފަދަ މެސެޖެއް އަތުވެއްޖެނަމަ، ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކުރައްވާ، ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ މީގެކުރިން ވެސް އެދިފައެވެ.

ރާއްޖެއާއި ރާއްޖެެއިން ބޭރުގައި ވެސް މިފަދަ ސްކޭމް ކޯލުތަކާއި މެސެޖުތަކުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް އަންނަނީ ބަދަލުކުރަމުންނެވެ.