މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާއި ހަމައަށް މަގު ތަރައްގީކޮށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ މި ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭންގެ ކުރެހުމެއް ހިއްސާކުރަށްވާފައެވެ. ރައީސް ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީ...
ޔުމްނާ ޢަލީ
ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ. ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ […]
އަލީ އާދިލް
ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް” ގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަކޮށް ގެނެސްދިން މި އެޕިސޯޑުގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކު...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފ...
އަލީ އާދިލް
ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާކަމަށާއި، މިކަމުގައި ހުރި ގޮންޖެހުންތައް ގިރާކޮށް ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ރައީސް އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް” ގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަކޮށް ގެނެސްދިން މި އެޕިސޯޑުގައި ވާހަކަދައްކަވަމުން، ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމ...
ޔުމްނާ ޢަލީ
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ 2026 ޖުލައި 23 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,110 ގްރާމް ހުއްޓެވެ. އަތުލައިގ...
ޔުމްނާ ޢަލީ
މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި، ސަރުކާރުގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް ގުޅުނު މި ޑޮކްޓަރުންނަކީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ޚިދުމަތް ދެއްވުމަށް ތަމްރީނު ފުރިހަމަކުރެއް...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ހަމަތައް ބަޔާންކުރާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ 14 މޭ 2026 ގައި ފާސްކުރި ބިލެކެވެ. ނަމަވެސް، ބައެއް ކަންކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މޭ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އޭގެ ފަހުން، ބިލަށް ގެނެވު...
ޔުމްނާ ޢަލީ
އަށް ގައުމެއްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތުތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުތަކަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ...
ޔުމްނާ ޢަލީ
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި، ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) ގެ އިތުރުން ދިވެހި ފިރިހެނެކެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ‘ޕޮލިސް މެމޯރިއަލް ޑޭ’ ގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއަހަރުގެ މި ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 […]
ޔުމްނާ ޢަލީ
ކ. ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރަށް ނިސްބަތްވާ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ ރިޕޯޓު 19 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނ...
އަލީ އާދިލް
ސަރުކާރުގެ ވުޒާރާތަކުގެ ޕާނަމަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އިންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ޕޭ ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެސްޖީންގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލް ސާވިސް އިދާރާތަކުގެ ޕަރނަމަންޓް ސެކްރެޓަރީންނާއ،ި ޒިންމާދާރު އިސްވެރިންނާއ،ި ސެކްރެޓަރީ ޖެނެރަލުންނާއ،ި ވަގުތީ ސެކްރެޓަރީ ޖެނެރަލުން އަދި ޒިންމާދާރުވެރިންނަށް 21 ޖުލައި 2026 ގައި ފޮނުވާފައިވާ ސ...
ޔުމްނާ ޢަލީ
ހއ. ކަނޑާލިފިނޮޅަށް ކުރިއާލާ ދެވޭ ހުއްދައެއް ނެތި އަރާފޭބުމާއި، ބަނދަރުކުރުން އަދި އެއްވެސް ހަރަކާތެއް ހިންގުން ވަށަފަރު ކައުންސިލުން މިއަދު މަނާކޮށްފިއެވެ. ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅާފައިވަނީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައިފިނަ...
އަލީ އާދިލް
ސިޔާސީ ޕާޓީތަކުގެ އަހަރީ މާލީ އޮޑިޓް ރިޕޯޓު ކަނޑައެޅި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ. އީސީން ފިޔަވަޅު އެޅި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީގެ އިތުރުން ހިމެނެނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. މި އަހަރުގެ މާލީ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ […]
އަލީ އާދިލް