މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 54 ވަނަ ޞަފްޙާ

ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިނުން ނިމުމަކަށް ގެނެސް، ޖުޑީޝަރީ މިނިވަންކޮށްދީފިން: ރައީސް

ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިނުން ނިމުމަކަށް ގެނެސް، ޖުޑީޝަރީ މިނިވަންކޮށްދީފިން: ރައީސް

ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ފޮނުވުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެކުރިން ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިޔަ ނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ”މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާ...

ޝިއުނާ އާދަމް
ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީ...

ޔުމްނާ ޢަލީ
މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް

މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް

ދިވެހިރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ މިންވަރަށް މީގެ ކުރިން ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމެއްގެ ދާޚިލީ މިނިވަންކަން ފުރިހަމަގޮތުގައި...

ޝިއުނާ އާދަމް
''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''

''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއާއި، ގޭންގް މާރާމާރީތަކުގެ އިތުރުން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނަތީޖާ ނެރެދެވޭނެ މަސައްކަތްތަކެއް ކުރި ބަޔަކު މީގެ ކުރިން ރައްޔިތުންނަށް ފެނިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމު ހަވާލުވިއިރު ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިއީ އެތައް ޒަމާނެއް ވަންދެން ގައުމ...

ޔުމްނާ ޢަލީ
އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ފިނޑި، ޣައިރު ޤާނޫނީ އަދި ބޭއިންސާފުވެރި ގޮތެއްގައި ސިއްރުސިއްރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގެވެސް ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ މައ...

ޔުމްނާ ޢަލީ
އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް

އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް

އިޒުރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ފަޚްރުވެރިކަމާއެކު ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމެވުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް” ނުވަތަ ދިވެހީ...

ޔުމްނާ ޢަލީ
ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި

ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި

ސަރަޙައްދީ ސުލްޙަ އިސްކޮށް، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ޤައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތް އޮތުމާ މެދު ކަ...

އަލީ އާދިލް
ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމަކީ ދިވެހީންނާ ދޯޅަ ގޮތެއް ނޫން: ރައީސް

ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމަކީ ދިވެހީންނާ ދޯޅަ ގޮތެއް ނޫން: ރައީސް

ޢަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ދިވެހީންގެ އިޙްސާސްތަކާ ގުޅިފައިވާ ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މިނިވަންކަމުގެ މާނައަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކީ ޤައުމެއް ފުރިހ...

ޔުމްނާ ޢަލީ
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ. މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުޙަ...

ޔުމްނާ ޢަލީ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި

ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމުގައިވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް މި ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙުސައިން ޢަފީފް: ފަތުރުވެރިކަމުގެ އެންމެ އިސް އެއް މޭސްތިރި ޙުސައިން ޢަފީފަކީ […]

ޔުމްނާ ޢަލީ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާއަށް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާއަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ އިތުރުން ދ...

އަލީ އާދިލް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑރ. ލަޠީފަށް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑރ. ލަޠީފަށް އަރުވައިފި

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޙައްމަދު ލަޠީފަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޑރ. މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެ...

ޔުމްނާ ޢަލީ
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހެނދުނު 06:00 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިވަން ދު...

ޔުމްނާ ޢަލީ
''އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން''

''އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން''

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. ރައީސްގެ މެސެޖުގައި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. އަދި މި...

ޔުމްނާ ޢަލީ
ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށް، ދުއްވި މީހުން ޖޫރިމަނާކޮށްފި

ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށް، ދުއްވި މީހުން ޖޫރިމަނާކޮށްފި

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އެ އުޅަނދުތައް ދުއްވި މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވަނިކޮށެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މި ތިން ސައިކަލް ޓޯކޮށްފައ...

ޔުމްނާ ޢަލީ