ހުކުރު ދުވަހު (މާދަމާ) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ. އެހެންވެ، ކުރިއަށް އޮތް ހުކުރު ދުވަހު، 31 […]
ޝިއުނާ އާދަމް
ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސްޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި އަހަރުގެ ޝިއާރު ކަމަށްވާ “ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކ...
ޝިއުނާ އާދަމް
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކަށް ހާޒިރުވެގެން ބައިވެރިވާންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނެސްފައިވާ އިސްލާހަށް ޢަމަލުކުރަން ފެށުން ފަސްކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އުސޫލަށް ޢަމަލުކުރަން ފެށުން 1 ޖެނުއަރީ 2027 އަށް ފަސްކުރަން އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން 28 ޖުލައިގައި ނިންމާފައިވާ ކަމަށެވެ. ކުރިން މި އުސޫލަށް އަމަލުކުރަން ފަށަން ނިންމާފައި އޮތީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ. މި […]
ޔުމްނާ ޢަލީ
ރ. ވާދޫ ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވާދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، އެންމެ ރަނގަޅު ފަރުމާއަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ފަރުމާކުރަންޖެހެނީ ވާދޫ ރަމްޒުވާފަދަ މޮނިއުމަންޓަކާއި ބަނދަރުގެ ސީޓިން އޭރިއާ ދައްކުވައިދޭ ކުރެހުމެކެވެ. މޮނިއުމަންޓް ފަރުމާކުރަންޖެހެނީ “އުފާވެރި މާދަމާއަކަށް – ވާދޫ” މި ތީމުގެ ދަށ...
އަލީ އާދިލް
ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު، ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި، ފޭރުމަށް ބޭނުންކުރި ސައިކަލު ހޯދުމަށްފަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި...
ޔުމްނާ ޢަލީ
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ޚިޠާބަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ރޭވުންތައް ހާމަކޮށްދެއްވުމަށް ބިނާކުރެއްވި ވާހަކަފުޅެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުނ...
ޔުމްނާ ޢަލީ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އު...
ޔުމްނާ ޢަލީ
މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ހޯމަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި މިފްކޯއިން ގާއިމުކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓާއެކު އެ ރަށުގައި ހިކިމަސް އުފައްދާ ކާރުޚާނާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ދެ ވަސީލަތް ރަސްމީކޮށް ހުޅުވާފައިވަނީ 14 ޖުލައި 2026 ގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނިގޮތުގައި ކަނޑުއޮތްގިރި...
ޔުމްނާ ޢަލީ
ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށ...
ޔުމްނާ ޢަލީ
ރާއްޖޭގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް)، މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުގައި ބުނާގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ ހިމަބިހީގެ އައު 20 ކޭހެއް ފެނިފައެވެ. މިއާއިއެކު މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާކަން ޔަގީންވާ...
ޔުމްނާ ޢަލީ
ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ) އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ 26 ވަނަ […]
ޔުމްނާ ޢަލީ
އަންނަ އަހަރަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިއީ މި ހިނގާ އަހަރާ ދާދި އެއްވަރުގެ އަދަދެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް މި އަދަދު 2.6 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ. ކައުންސިލްތަކަށް ބަޖެޓު ދޫކުރުމުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީއަކަށް ބްލޮކް ގްރާންޓް ބަޖެޓުގެ 20 އިންސައްތަ ހޭދަކުރުމަށް ވަނީ […]
ޔުމްނާ ޢަލީ
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ހިދުމަތަށް ނެރެފި އެވެ. ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން”ގެ ނަން ދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތު މިރޭ އޮތީ ހުޅުމާލެ ޕޯޓުގައެވެ. މި ރަސްމިއްޔާތުގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެން...
ޔުމްނާ ޢަލީ
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ފުރައިވަޑައިގެންފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ....
ޔުމްނާ ޢަލީ