ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަން...
ޝިއުނާ އާދަމް
ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްޤީކުރުމަށް މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށެވެ. މ...
ޔުމްނާ ޢަލީ
ހުޅުމާލެއަކީ އާއިލާތަކަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑްވޮކޭޓިންގ ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި، މޫސުމީ...
އިބްރާހިމް އަސްވާޤް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުތަކަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. މި ބޭފުޅުން ވާދަކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ގައުމީ ކޮންގްރެސްގަ އެވެ. ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމ...
ޔުމްނާ ޢަލީ
ސަރުކާރުގެ އެންމެ ބޮޑު އެއް ޢަޒުމަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަދި އަޚްލާޤު ރަނގަޅު ޞިއްޙަތު ހެޔޮ ކުދިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ މަޤްޞަދަކީ މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ހަށިހެޔޮ ޖީލެއް...
ޔުމްނާ ޢަލީ
ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށާއި، ހަރުދަނާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އެފިޝަންޓް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. ރައީސް ވިދާ...
ޔުމްނާ ޢަލީ
މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ. ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ […]
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، މަޝްވަރާ ބޭނުންވާ ދައުލަތުގެ ބާރުތަކަށް މަޝްވަރާ އާއި ލާފާއެރުއްވުމަށް އިސްރަށްވެހިންނާއި، ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޤައުމީ ދެ މަޖިލީހެއް އުފައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ މިފަދަ މަޖިލީހެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. މިކަމުގެ ތަފްސީލް ދެއްވަމުން ވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ 75 ބާވަތެއްގެ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ މާފުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެ...
ޔުމްނާ ޢަލީ
ރާއްޖޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން ރޭވުންތެރިކަމާއެކު އެކަން ނައްތާލުމުން ކަމަށާއި، ނަމަވެސް އެކަން އަލުން ރަނގަޅުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރޫޙު ކުޑަވަމުންދާ މަ...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން އެ އެސޯސިއޭޝަންގެ ބޯޑުން ނިންމާފައިވަނީ، ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައި ކަމަށެވެ. މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކ...
އަޙްމަދު ވަހީދު
ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާތެރިވުމަށް ބާރުއަޅާފައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ 11:30 އިން 15:30 އާ ހަމައަށް ރީނދޫ ސ...
ޔުމްނާ ޢަލީ
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ހިނގި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 31 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ. އުޅަނދު ދިޔަވެ އަޑިއަށްދާން ފެށީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުން ތިއްބެވެ. […]
ޔުމްނާ ޢަލީ
ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...
ޔުމްނާ ޢަލީ
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]
ޔުމްނާ ޢަލީ