މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 51 ވަނަ ޞަފްޙާ

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް

އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ދިވެރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޒިޔާރަތްކުރެއްވި ބައިނަލްއަޤްވާމީ މަންދޫބުން ތަޢުރީފު ކުރަށްވައިފިއެވެ. މި ތައުރީފް ކުރަށްވާފައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، އުކުޅަހުގައި ކުރިއަށްދިޔަ ސްމ...

ޝިއުނާ އާދަމް
ލޯންޗަކުން ބޭލި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، 248,500ރ. ހޯދައިދީފި

ލޯންޗަކުން ބޭލި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، 248,500ރ. ހޯދައިދީފި

މާލެއަށް ދަތުރުކުރި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް 248,500 ރުފިޔާ އާއި އެ ފޮށީގައި ހުރި ފައިސާއިން ގަނެފައިވާކަމަށް ބެލެވޭ ފޯނެއް ފުލުހުން ހޯދައިދީފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 2 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ގެއްލުނު ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަށް މައްސަލަ […]

ޔުމްނާ ޢަލީ
ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރެއް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަގުސަދުގައި: ރައީސް

ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރެއް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަގުސަދުގައި: ރައީސް

ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އޭ) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމު...

ޔުމްނާ ޢަލީ
އެލްޖީއޭ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއްނެތި ފަސްކޮށްފި

އެލްޖީއޭ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއްނެތި ފަސްކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވަން ނިންމާފައިވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރަކު އިންތިޚާބު ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތ...

ޔުމްނާ ޢަލީ
ޖުލައި މަހު ގިނަވީ އޮންލައިން ވިޔަފާރިއާއި ގުޅޭ ސްކޭމްތައް، 1.3 މިލިއަން ރުފިޔާގެ މާލީ ގެއްލުން

ޖުލައި މަހު ގިނަވީ އޮންލައިން ވިޔަފާރިއާއި ގުޅޭ ސްކޭމްތައް، 1.3 މިލިއަން ރުފިޔާގެ މާލީ ގެއްލުން

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް 1,368,844.56 ރުފިޔާގެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައ...

ޔުމްނާ ޢަލީ
ކަސްޓަމްސްގެ މަސައްކަތްތަކާމެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ މަސައްކަތްތަކާމެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން އެ ސަރވިސްއާ މަތިކު...

ޔުމްނާ ޢަލީ
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާޒުގެ އޮފީހުން ހުޅުވައިލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލީ ޖުލައި 13 ގައެވެ. އެއިރު ކުރިމަތިލުމަށް ދިން ސުންގަޑިއަކީ  28 ޖުލައި 2026 އެވެ. ރައީސް އޮފީހުން މިއަދު ބުނީ މިހާރު ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 ކަމަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރ...

ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭއައި ހުނަރުތައް ފޯރުކޮށްދޭ ޕްރޮގްރާމަށް ޕާޓްނަރުން ހޯދަނީ

ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭއައި ހުނަރުތައް ފޯރުކޮށްދޭ ޕްރޮގްރާމަށް ޕާޓްނަރުން ހޯދަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރުތައް ދަސްކޮށްދީ އަހުލުވެރިކުރުމަށް ހިންގާ “ޑިޖިޓަލް ފޯ އޯލް” ޕްރޮގްރާމްގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެ ލޯކަލް ޕާޓްނަރުން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ގައުމީ ހަރަކާތެކެވެ. މިކަމަށްޓަކައި ރަށްރަށުގެ ކައުންސިލްތ...

އިބްރާހިމް އަސްވާޤް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ އޮފީހުން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވަ...

އިބްރާހިމް އަސްވާޤް
ޑްރަގާއެކު ހިޔާ ފްލެޓްތައް ކައިރިން މީހަކު ހައްޔަރުކޮށްފި

ޑްރަގާއެކު ހިޔާ ފްލެޓްތައް ކައިރިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓްތައް ކައިރިން މީހަކު ހައްޔަރުކޮށްފުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. ޝިޢާން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން...

ޔުމްނާ ޢަލީ
ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީއެއް އެޅުމަށް ބިން ހަމަޖައްސައިފި

ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީއެއް އެޅުމަށް ބިން ހަމަޖައްސައިފި

ދިވެހިރާއްޖޭގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ސަހަރާ ހުރި ބިމުން އެކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝ...

ޝިއުނާ އާދަމް
ބެލްޖިއަމް އާއި އީޔޫ އަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރުކަމަށް ދިޔާނާ

ބެލްޖިއަމް އާއި އީޔޫ އަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރުކަމަށް ދިޔާނާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ ފާޠިމަތު ދިޔާނާ، މިއަދު ޢައްޔަންކުރައްވައިފިއެވެ. ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިޔާނާއާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ. ދިޔާނާ ސަޢީދަކީ ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހާސިލްކުރައްވާފައި...

އަލީ އާދިލް
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި، ގޮފިތަކާ ގުޅޭ ގަވާއިދަށް ބަދަލުތަކެއް

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި، ގޮފިތަކާ ގުޅޭ ގަވާއިދަށް ބަދަލުތަކެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ. ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ތާރީހު ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ތާރީހާ މެދު ގައުމީ މަޖިލީހުގައި ބަހުސް ކުރިއިރު ބައެއް މެންބަރުން ވަނީ ހިޔާލު ތަފާތުވުން ފާޅުކުރައްވާފަ އެވެ. ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމީ މަޖިލީހުގެ […]

އަލީ އާދިލް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ....

ޔުމްނާ ޢަލީ
ސްކޭމްގެ 42 މައްސަލައެއް، ގެއްލުނު ފައިސާގެ 49 އިންސައްތަ ހޯދައިދީފި

ސްކޭމްގެ 42 މައްސަލައެއް، ގެއްލުނު ފައިސާގެ 49 އިންސައްތަ ހޯދައިދީފި

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފައިސާ އަނބުރާ ހޯދައިދެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނި ގޮތުގައި، 2026 ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހިނގި ހަފުތާގައި ސްކޭމްގެ 42 މައްސަލައެއް އެ މުއައްސަސާ އަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަ...

ޔުމްނާ ޢަލީ