މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު، ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ މި ހުކުމް ކޮށްފައި ވަނީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ)ގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. މި މައްސަލައިގެ ހުކުމް 9 އޯގަސްޓް 2026 ވަނަ ދުވަހު ކޮށްފައިވާއިރު، […]
ފާތިމަތު ސަޙާ
ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައި ހުސައިން ޝިފާއުގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ސާބިތުވެ, 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން […]
ހުސައިން ހަބީބް
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ސަރަހައްދީ ޖަމިއްޔާސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް) އިން ތަރައްޤީކުރި “މައި ކެރިއަރ ޕޯޓަލް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ޕޯޓަލަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ވޯލްޑްބޭންކުގެ އެހީގައި ކުރިއަ...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ. ކުރީގެ ބެޗުތަކެކޭ އެއްފަދައިން، މިފަހަރުގެ ބެޗަށްވެސް ބައިވެރިން ހޮވުމުގެ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުތުރުގެ 4 ރަށެއް ހިމެނޭހެން، ޖުމްލަ 13 ސަރަޙައްދެއްގައި މި މަރުހަލާތައް ކުރިއަށްދާނެއެވެ. އިންޓަވިއުތަކާއި އެހެނިހެން މަރުހަލާތައް ކ...
އިބްރާހިމް އަސްވާޤް
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ސިފައިންގެ މީހަކާއި، ފުލުހަކާއި އަދި އެ ދޯނީގެ ކައްޕިއެވެ. ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ 5 އޯގަސްޓް 2026 ވީ […]
ޔުމްނާ ޢަލީ
ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކު ބަލިމީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑޮކްޓަރަށް ދައްކަން ދިޔަ މީހަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގި ކަމަށް ބުނެ އޮންލައިންކޮށް ފެތުރެމުންދާ ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މަޢުލޫމާތާ މުޅިން ފުށުއަރާ، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ބަޔާނުގައި ހޮސްޕިޓަލުން ވަނީ، ބަލިމީހުންގެ ރައްކާތެރިކ...
އިބްރާހިމް އަސްވާޤް
ބޮޑުތިލަދުންމަތީގެ މައި އިގްތިސާދީ އަދި ދަތުރުފަތުރުގެ ހަބް، ހދ. ކުޅުދުއްފުށި ސިޓީގެ މައި ދެ ސަރަހައްދެއް ކަމަށްވާ ބަނދަރާއި، އާރުޓީއެލް (RTL) ފެރީ ޓާމިނަލް ސަރަހައްދުން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކަކީ ކުޅުދުއްފުށި ސިޓީގެ އަމާންކަން ބެލެހެއްޓުމަށާއި، އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ދިއުން ހުއްޓުވުމަށް ކުޅުދުއްފުށި ޕޮލިސްއާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ ހަރަކާތްތަކެކެވެ. އާރުޓީއެލް ފެރީ...
އަލީ އާދިލް
ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ ގައުމުގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި އޭނާގެ ނަޒަރުގައި 14 ދާއިރާއަކުން ޤާނޫނުއަސާސީ އަށް ގެންނަންޖެހިފައިވާ އިސްލާހުތަ...
އަލީ އާދިލް
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން ސ. މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. މި ތަކެއްޗަކީ އައްޑ...
ޔުމްނާ ޢަލީ
ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަމާމެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމީ ޤައުމު އިސްކުރުން ކަމަށާއި، ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. ބައެއް ފަރާތްތަކުން އަމިއްލަ މަސްލަ...
އަލީ އާދިލް
ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށް ގޮސް، އެ ދޯނީގެ ކައްޕީގެ އިތުރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 8 މީހުންނާއެކު ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ ރާޅު އަރައި ދިޔަވަމުންދާތީ ސިފައިންނާއި ފުލުހުން އެހީތެރިވަމުން ދަނިކޮށެވެ. ނަމަވެސް، ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުން ހޯދުމުގެ […]
އިބްރާހިމް އަސްވާޤް
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު ބްރިޖް ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ނޭޕާލް އަންހެންމީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މީހާ ހޯދުމުގެ […]
ޔުމްނާ ޢަލީ
ގިނަ އަދަދެއްގެ މަސްތުވާތަކެތި ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މި މީހާ އަތުލައިގަނެފައިވަނީ 19 ޖުލައި 2026 ގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މީހާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވެއެވެ. މި ތަކެތީގެ ބާވަތަކީ ކޮކެއިން ކަމަށް ކަސްޓަމްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1180 ގްރާމް ހުރި އ...
ޔުމްނާ ޢަލީ
އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައި، ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފިއެވެ. މި ދެ މަޝްރޫޢޫ ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުން އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ […]
ޔުމްނާ ޢަލީ