ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް އެމަނިކުފާނު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް ރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...
އަލީ އާދިލް
ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށްޓަކައި ކުރިއަށްގެންދާ “ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަންސައަކީ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ އަޑު ސަރުކާރުގެ އެކި ފެންވަރުގެ ސިޔާސަތުތަކާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމަކީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ މަޝްވަރާތަކުގައި އަންހެނުންގެ ޚިޔާލު ފާޅުކަން ބޮޑު ގޮތެއްގައި ހިމަނ...
އިބްރާހިމް އަސްވާޤް
ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި […]
ހުސައިން ހަބީބް
ޑޮލަރާއި ގުޅުވައިގެން ”ދޮގު ވާހަކަތައް ދެއްކުމުން” މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައި ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ޑޮލަރާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކާ މައިގަނޑު މަގްސަދަކީ މުޒާހަރާއަށް މީހުން ޖަމާކުރުން ކަމަށ...
އަލީ އާދިލް
ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހަދާފައިވާ “އަގުމަގު” ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެ...
ޔުމްނާ ޢަލީ
މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައި، އާމްދަނީ 9.3 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބ...
ޔުމްނާ ޢަލީ
ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މެސެޖުގައި ރައީސް ވަނީ، ތަފާތު ޙާލަތްތަކުން އަންނަ ޒުވާނުންގެ މެދުގައި ހުރި އުންމީދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގާ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި، މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިޔުޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ ޕްރޮގްރާމެކެވެ. ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަ...
ފާތިމަތު ސަޙާ
ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން ލައިސަންސް ނެގުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ހުއިފިލަނޑާ ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ. މި ލައިސަންސް ނެގުމަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ “ކެޔޮޅު” ޕޯޓަލް (keyolhu...
ޔުމްނާ ޢަލީ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ. މިއީ ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެރަށު ފެހިވިލާގެ، މުޙައްމަދު ފާރިޤު (28އ)ގެ މައްޗަށެވެ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ 10 އޮގަސްޓު 2026 ވަނަ ދުވަހުއެވެ. މި މައްސަލައަކީ 2020 ނޮވެމްބަރު 24ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު […]
ޔުމްނާ ޢަލީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، “ޕީޖީއޯ 2.0” މިއަދު ލޯންޗުކޮށްފިއެވެ. މިއަދު ހެނދުނު މާލޭގެ ބަރސެލޯ ނަސަންދުރާގައި ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެ އޮފީހުގެ އައު ވެބްސައިޓް pgoffice.gov.mv ވެސް އެ ޙަފްލާގައިވަނީ ލޯންޗް ކޮއްފައެވެ. މީގެ އިތުރުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް އެ އޮފީހުން ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ “އީ-ދޮރޯށި” ވެސް ރަސްމީކޮށް މި...
ފާތިމަތު ސަޙާ
ހދ. ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް ހަ މީހުންނާއެކު ދަތުރުކުރި ޑައިވިން ދޯންޏެއް މިރޭ އަރައިފިއެވެ. “އުރަފާ” ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރުމާ ގުޅިގެން، އޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، “އުރަފާ” ދޯނި ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]
އިބްރާހިމް އަސްވާޤް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު 2029 ވަނަ އަހަރު ނިމެންދެން، އެ ގައުމުގެ ސަރުކާރާއެކު އެއްވެސް ސީދާ މަޝްވަރާއެއް ނުކުރުމަށް އީރާނުން ނިންމައިފިއެވެ. އީރާނުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާއާއެކު ސީދާ ވާހަކަތައް ދެއްކޭނީ އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ އެމެރިކާއާއެކު އެއްވެސް ރަސްމީ އަދި ސީދާ މަޝްވަރާއެއް ކުރިއަށް ނުދާކަން ކަށަވަރުކޮށްދެއްވާ...
ނާޒިމާ އަލީ
ޔޫރަޕްގެ އެކި ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ގްރީސްގެ ވެރިރަށް އެތެންސްގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ. ގްރީސްގެ އެކި ސިޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި އިންތިޒާމްކުރާ ފަރާތްތަކުން އަންނަނީ “ޑޭ ފޯ ފަލަސްތީން” ނުވަތަ “ޑޭ އޮފް އެކްޝަން” ގެ ނަމުގައި ގަވާއިދުން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. މި މުޒާހަރާތަކުގެ ބައިވެރިން އާންމުކޮށް އެއްވަނީ އެތެންސްގެ މަރުކަޒީ ސަރަހައްދުތައް ކަމަށްވާ މޮނަސްޓިރާކީ ސްކޮޔަރ، ވިކްޓޯރިއާ ސްކޮޔަރ...
ނާޒިމާ އަލީ