ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ 16 މިސްކިތަކާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައި ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމީ ދާއިރާގެ މި މަޝްރޫޢުތައް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. ”މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ […]
ޔުމްނާ ޢަލީ
ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެވިފައިކަމަށް ފުލުހުން ބުނެފިއެވެ. މި މިސްކިތަށް ގެއްލުންދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަވެއެވެ. ފުލުހުން ބުނީ އިއްޔެ އެ އިދާރާ އަށް ހުށަހެޅުނު، ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ. ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި ”މި މައްސަލައިގައި ތުހުމަތ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ. ރަންދޫވިލާ، އަމްޖަދު މުޞްޠަފާ، މިއަދު ޢައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އަމްޖަދު ޢައްޔަނުކުރެއްވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު، މަޤާމުގެ ލިޔުން އަމްޖަދަށް ހަ...
ޝިއުނާ އާދަމް
ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރި ގޮތް ބަލަން އުޅުނު ބޭރުގެ ގައުމުތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރި ގޮތް ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ރާއްޖޭގެ ކިބައިން އެދުނު ކަމަށް 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް […]
ހުސައިން ހަބީބް
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުންގެ ލަގެޖުގައި […]
ޔުމްނާ ޢަލީ
ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތ...
ޔުމްނާ ޢަލީ
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ވުޒާރާގެ ރަސްމީ ކޯލް ސެންޓަރު އިފްތިތާޙުކޮށްފިއެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ޚިދުމަތް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ މަގަކުން މަޢުލޫމާތު ފޯރުކޮ...
ޝިއުނާ އާދަމް
ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުން ދީފިއެވެ. އެނގިފައިވާގޮތުގައި ގެއްލުންދީފައި ވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށެވެ. ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 20 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު...
ޔުމްނާ ޢަލީ
ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ...
ޔުމްނާ ޢަލީ
ތިލަފުށީގައި ކުނި މެނޭޖުކުރާ ސަރަހައްދު ނުވަތަ ގޮނޑުގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ދަނީ ވަގުތުން ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި މި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ...
ޔުމްނާ ޢަލީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ކުންފުނިތަކަށް އަންގާފައިވާ އެންގުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުނިތަކަށް އަންގައިފިއެވެ. ޕީސީބީން އެންމެ ފަހުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މީގެ ކުރިން ދީފައިވާ އިރުޝާދާ އެއްގޮތަށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށެވެ. މިއީ ސަ...
ޔުމްނާ ޢަލީ
މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުރިން ބޭރުގެ އެހީގައި ކުރަން ނިންމާފައި އޮތުމުގެ ސަބަބުން އެ މ...
ޔުމްނާ ޢަލީ
މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލޭ ރައްދެބައިމަގުގައެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 17 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 00:15 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި،...
ޔުމްނާ ޢަލީ