މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދޭނީ، 5 އަހަރަށް ބަހާލައިގެން: ޑރ. މުޢިއްޒު
ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވުމުން “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ ދެ މުއައްސަސާގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވި އިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު...