ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައި މިއަދު އެކަން ޢިއުލާންކޮށްފިއެވެ.

އެ ޕާޓީން މިކަން ހާމަކުރީ މިއަދު އާންމުކުރި ޢިއުލާނެއްގައެވެ. އެ ޢިއުލާނުގައި ޑިމޮކްރެޓްސް ބުނީ އެގޮތައް ނިންމީ އެ ޕާޓީގެ ހުށަހެޅުންތަކަށް ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ވެސް އެއްބަސްވެފައި ނުވާތީ ކަމަށެވެ.

Ad
rt

ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް އިންތިޚާބުގެ 3 ވަނަ ލިބިފައިިވާއިރު އޭނާ ވަނީ 15839 ވޯޓު ހޯދާފައެވެ. އެހެންކަމުން ޑިމޮކްރެޓިސްގެ ނިންމުން ވެފައިވީ އިންތިޚާބު ކަށަވަރު ކުރުމަށް ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ވެސް މުހިންމު ނިންމުމަކަށެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލިބިވަޑައިގެންނެވީ 101،494 ވޯޓެވެ. އެއީ އިންތިހާބުގެ 45.99 ޕަސަންޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،166 ވޯޓެވެ. އެއީ އިންތިހާބުގެ 39.04 ޕަސަންޓެވެ.

ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސަންޓު ހޯދިފައިނުވާތީ އިންތިހާބުގެ ދެވަނަ ބުރެއް މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.