ރާއްޖޭގެ ހުރިހައި ހިސާބެއްގައި ޑޮލަރު ނެގޭ އޭޓީއެމް ހުރުން މުހިންމު: މުޢިއްޒު
ޔޫއެސް ޑޮަލަރު ނެގޭ އޭޓީއެމް މާލެ ފިޔަވައި އިތުރު ރަށްތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށި ސިޓީގައިި ވާހަކަ ދައްކަވަމުން، ޑޮލަރު ނެގޭ އޭޓީއެމް އެއް ކޮންމެ ސިޓީއެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށް ވެސް މުހިންމު ކަމެއް ކަ...