ފެނަކައިގެ ދަރަނި 4.1 ބިލިއަނަށް އަރާ: އިންތިގާލީ އޮފީސް
ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މި ދަރަނީގެ ތެރޭގައި އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހުރި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ. އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ބަލައި އެ ކުންފުނިތަކުގެ ހާލަތާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓުތަކުގައިވާ މައުލޫމާތުތައް ހިއްސާކުރައްވަމުން، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ފެނަކައިގެ ދަރަނީގެ...