އަންނައަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.
ބަޖެޓުގައި މި އަދަދު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 20.7 ޕަސެންޓު އިތުރު އަދަދެކެވެ.
އެހެންކަމުން ޖުލްލަގޮތެއްގައި ހުރިހައި ކައުންސިލަކަށް ވެސް މިއަހަރު ލިބުނު ބްލޮކް ގްރާންޓްގެ މިންވަރާ އަޅާބަލާއިރު އަންނަ އަހަރު ލިބޭ ބްލޮކް ގްރާންޓްގެ މިންވަރު އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ބްލޮކް ގްރާންޓް ކަނޑައެޅުމުގައި ބޭނުންކޮށްފައިވަނީ 2021 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު ލިބިފައިވާތީ، ބޯހިމެނުމުގެ ނަތީޖާއަށް ކަމަށެވެ.
ބްލޮކް ގްރާންޓަށް އައިސްފައިވާ ބޮޑު ބަދަލުތަކަކީ 2014ގެ އާބާދީއާ އަޅާބަލާއިރު، 2022 ވަނަ އަހަރުގެ އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލުތަކުން އަންނަ ބަދަލުތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބްލޮކް ގްރާންޓު އެއްވެސް ކައުންސިލަކަށް މަދުވެފައިވާނަމަ، އެއީ އެރަށެއްގެ އާބާދީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އަންނަ މަދުވުމެއް ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން 47.3 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިމަނާފައި ވާއިރު، ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!