ރައީސް މުޢިއްޒު، ތުރުކީގެ ރައީސް އުރްދުޣާން އާއި ބައްދަލުކުރައްވައިފި
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ބައްދަލުވުން ބޭއްވެވިކަން އުރްދުޣާންގެ ރަސްމީ ”އެކްސް” ހޭންޑްލް އިން ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ. ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގެ އިތުރު މައުލޫމާތެއް ތުރުކީގެ ރަސްމީ އިދާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސް އޮފީހުން ވެސް ހާމައެއް ނުކުރައްވައެވެ. އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒުގެ ދެކ...