މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,872 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 472 ވަނަ ޞަފްޙާ

ރައީސް، ޕޮލިސް ބޯޑަށް ބަދަލުތަކެއް ގެންނަވައިފި

ރައީސް، ޕޮލިސް ބޯޑަށް ބަދަލުތަކެއް ގެންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ޕޮލިސް ބޯޑު” ގެ ބައެއް މެންބަރުން ވަކިކުރައްވައި އެ ބޯޑަށް ބައެއް މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ޕޮލިސް ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ. ޕޮލިސް ބޯޑަށް ރައީސް މުޢިއްޒު ގެން...

ޔުމްނާ ޢަލީ
ޔާމީނު ޕީޕީއެމުން ވަކިވެވަޑައިގެންފި

ޔާމީނު ޕީޕީއެމުން ވަކިވެވަޑައިގެންފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ޔާމީން ދައުރުގެ ފުރަތަމަ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެއެވެ. ޖަމީލް ”އެކްސް”ގައި މިރޭ 10:25ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ”އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި. އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއ...

ޔުމްނާ ޢަލީ
މަލީހު ޕީޕީއެމުން ވަކިކުރަން ނިންމައިފި

މަލީހު ޕީޕީއެމުން ވަކިކުރަން ނިންމައިފި

ސަސްޕެންޑްކޮށްފައި ހުންނެވި ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް އެ ޕާޓީން ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ. ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވައި މަލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަލީހް ޕާޓީން ވަކިކުރަން ނިންމީ މިދިޔަ އަންގާރަ ދުވަހުގެރޭ ބަޔަކު އެއްކޮށް ޕާޓީގެ ލީޑަޝިޕަށާއި ސެނެޓަށް ވެސް އެންގުމެއް ނެތި އަދި އެއްވެސް […]

މުޙައްމަދު
ތިލަމާލެ ބްރިޖު ނިމޭނީ 2026 ގައި، ކުރީ ސަރުކާރުން އޮތީ އެއްބަސްވެފައި!

ތިލަމާލެ ބްރިޖު ނިމޭނީ 2026 ގައި، ކުރީ ސަރުކާރުން އޮތީ އެއްބަސްވެފައި!

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުން ކުރީގެ ސަރުކާރުން އިސްލާހުކޮށް އެ މަޝްރޫއު ނިމޭނެ ތާރީހު ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ އިންޑިއާގެ އެފްކޮންސްއާ އެކު ސޮއިކޮށްފައިވާ ބްރިޖް އެއްބަސްވުމުގެ ދަށުން ސަޕްލިމެންޓްރީ އެގްރީމަންޓެއް ހަދާފައިވާ ކަމަށެވެ. އެ ސަޕްލ...

މުޙައްމަދު
ރައީސްގެ މެނިފެސްޓޯ ފުރިހަމައަށް ހާސިލްކުރުމުގެ އަޒުމުގައި މަންޑޭ ފުނަދޫ ދާއިރާއަށް

ރައީސްގެ މެނިފެސްޓޯ ފުރިހަމައަށް ހާސިލްކުރުމުގެ އަޒުމުގައި މަންޑޭ ފުނަދޫ ދާއިރާއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕްރައިމަރީގައި މުހައްމަދު މަމްދޫހު (މަންޑޭ) ވާދަކުރަން ނިންމައިފިއެވެ. ޕީޕީއެމް އުފެދުނީއްސުރެ، ޕާޓީގެ ފިކުރު ކުރިއެރުވުމަށް ފުނަދޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ މަންޑޭ ވިދާޅުވީ، އާ ސަރުކާރު ގެނައުމަށް ފުނަދޫ ދާއިރާގެ ރައްޔިތުން ބޮޑު އަގުލަބިއްޔަތެއް ދީފައިވަނީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން ހިތުގެ އަޑިން ގަބޫލުކުރާތީ ކަމަށެވެ. “އެހެނ...

އިބްރާހިމް އަސްވާޤް
މީޑިއާތަކުގެ ބްލެކް ލިސްޓެއް މި ސަރުކާރަކުން ނުގެންގުޅޭނެ: ހަލީލް

މީޑިއާތަކުގެ ބްލެކް ލިސްޓެއް މި ސަރުކާރަކުން ނުގެންގުޅޭނެ: ހަލީލް

ސަރުކާރުން ހަބަރާ މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދު ތަފާތު ނުކުރައްވާނެ ކަމަށާއި މީޑިއާތަކުގެ “ބްލެކް ލިސްޓެއް” ނުގެންގުޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ މިނިސްޓަރު މިއަދު ވަނީ ރައީސް އޮފީހުގައި ރާއްޖޭގެ މީޑިއާ އިދާރާތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވައިފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ...

މުޙައްމަދު
އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް

އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް

އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށް ދައުލަތުގެ މީޑިއާ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ހަމަޖައްސައިފިއެވެ. ވީޓީވީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އިކްރާމް މި މަގާމަށް ހަމަޖައްސާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. އިކްރާމްގެ އިތުރުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ ފަސް ބޭފުޅެއް ރައީސް އޮފީހަށް ވަނީ ހަމަޖައްސާފައެވެ. އެ ބޭފުޅުންނަކީ، އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙަ...

ޔުމްނާ ޢަލީ
އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަވުންތަކެއް އުކުޅަހުގައި، ޖަލްސާ މިރޭ

އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަވުންތަކެއް އުކުޅަހުގައި، ޖަލްސާ މިރޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް އއ. އުކުޅަހުގައި މިއަދު ފަށައިފިއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު އުކުޅަހުގައި ހުންނަވައި ”ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް މިހާރު އުކުޅަހުގައި ކުރިއަށް އެބަދެއެވެ. އަދި މިރޭ ޤައުމީ މަޖިލީހުގެ ޖަލްސާ އެއް ވެސް ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު މަޝްވަރާ ހިނގަމުން ދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ އަލީ...

ޔުމްނާ ޢަލީ
ނިކަމެތިންގެ ފުރަތަމަ ގްރޫޕް އަންނަ އަހަރު ހިލޭ ހައްޖަށް ފޮނުވަނީ

ނިކަމެތިންގެ ފުރަތަމަ ގްރޫޕް އަންނަ އަހަރު ހިލޭ ހައްޖަށް ފޮނުވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ. އަމިއްލަ ތަނަވަސްކަން ނެތް […]

މުޙައްމަދު
ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި

ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެ މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް، ޖޭއެސްސީ އަށް މިއަދު ޢައްޔަނު ކުރެއްވީ، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ. އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ރ. އިނގުރައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ، ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރ...

ޔުމްނާ ޢަލީ
މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަނީ

މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަނީ

ރާއްޖޭ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. ޝަހީމް “އެކްސް”ގައި ވިދާޅުވީ،ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ. އެހެންވެ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. ‘’އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސ...

ޔުމްނާ ޢަލީ
ޔާމީން މިނިވަން ކުރަން މަގުމަތީ އުޅުނީ މުޢިއްޒު ހިމެނޭހެން ލީޑާޝިޕާއެކު މަދު ކަނބަލުންކޮޅެއް، އޮޅުވައެއް ނުލެވޭނެ: މުހައްމަދު

ޔާމީން މިނިވަން ކުރަން މަގުމަތީ އުޅުނީ މުޢިއްޒު ހިމެނޭހެން ލީޑާޝިޕާއެކު މަދު ކަނބަލުންކޮޅެއް، އޮޅުވައެއް ނުލެވޭނެ: މުހައްމަދު

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ފަސް އަހަރުވަންދެން މަގުމަތީ މަސައްކަތްކުރީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭހެން މަދު ކަނބަލުންކޮޅެއް ކަމަށާއި، އެކަން އޮޅުވައިނުލެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މުހައްމަދު މިހެން ވިދާޅުވީ، އެދުވަސްވަރުގެ ފޮޓޯތަކަކާއެކު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މުހައްމަދަކީ އޭރުގެ އިދިކޮޅުން މަގުމަތީ ހިންގ...

ޔުމްނާ ޢަލީ
މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިއަދު ”އެކްސް”ގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ. މި...

ޔުމްނާ ޢަލީ
ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ހަސަން މުޣުނީ ޢައްޔަނު ކުރައްވައިފިއެވެ. މުޣުނީ އަކީ މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ދައުރުގައި ހަތަރު އަހަރެއްހާ ދުވަހު ސްޓެލްކޯގެ އެމްޑީކަން ކުރެއްވި މުޣުނީ އެ މަގާމުން ވަކިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރާއި ގާތްވެފައި ވަނިކޮށެވެ. އެއަށްފަހު އޭނާ ޢައްޔަނު ކުރެއްވީ ތ...

ޔުމްނާ ޢަލީ
ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ. ޕީސީބީގެ ބ...

ޔުމްނާ ޢަލީ