މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 468 ވަނަ ޞަފްޙާ

ޝިފާގު މުފީދު ޕީއެންސީން ވަކިވެ، ޔާމީންގެ ޕީއެންއެފާ ގުޅިވަޑައިގެންފި

ޝިފާގު މުފީދު ޕީއެންސީން ވަކިވެ، ޔާމީންގެ ޕީއެންއެފާ ގުޅިވަޑައިގެންފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) މަގާމުންނާއި ޕާޓީން އިސްތިއުފާ ދެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އާ މިއަދު ގުޅިވަޑައިގެންފިއެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ޝިފާގް ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުންދާ އުސޫލާ މެދު ހިތްހަމަޖެހިވަ...

މުޙައްމަދު
ޕާކިސްތާނު ކުންފުންޏަކުން އުފައްދާ ދިޔާ ބޭސްތައް ރާއްޖޭގައި މަނާކޮށްފި

ޕާކިސްތާނު ކުންފުންޏަކުން އުފައްދާ ދިޔާ ބޭސްތައް ރާއްޖޭގައި މަނާކޮށްފި

ޕާކިސްތާނު ކުންފުންޏަކުން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވާގޮތުން ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަކީ މަނާ ކަމެކެވެ. އެ އޮތޯރިޓީން ބުނީ، ޕާކިސްތާންގެ އެ ކުންފުނިން އުފ...

ޔުމްނާ ޢަލީ
ޝިފާންގެ ގާތިލް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ޝިފާންގެ ގާތިލް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ވެސްޓްޕާކް ކައިރީގައި އޭޕްރީލް، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. […]

ހުސައިން ހަބީބް
މަންޑޭގެ މުއްސަނދި ދިރިއުޅުން: އަގުބޮޑު އަތްދަބަހާއި ގަހަނާގެ އަދަދުތަކުން އެންމެން ހައިރާންކޮށްލައިފި

މަންޑޭގެ މުއްސަނދި ދިރިއުޅުން: އަގުބޮޑު އަތްދަބަހާއި ގަހަނާގެ އަދަދުތަކުން އެންމެން ހައިރާންކޮށްލައިފި

ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދިޔަ ހަސަން މަމްދޫހް (މަންޑޭ) އާއި އޭނާގެ އަންހެނުންގެ މުއްސަނދި ދިރިއުޅުމުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރުމުން އެންމެން ހައިރާންވެއްޖެ އެވެ. ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފ...

ހުސައިން ހަބީބް
ކޭޕާކު މައްސަލައިގައި މަންޑޭގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ

ކޭޕާކު މައްސަލައިގައި މަންޑޭގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ފްލެޓްތަކުގެ މައްސަލައިގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ)ގެ މައްޗަށް 225 އެއްހާ ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ. ޕީޖީ އޮފީހުގެ ފަރާތުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ،  އަންނަ ހަފުތާގެ ތެރޭގައި މަންޑޭގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އަދި ދައުވާތައް އެހާ ގިނައީ […]

ޔުމްނާ ޢަލީ
ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި

ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފި

ށ. ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފިއެވެ. ނޫމަރާގެ ހުކުރު މިސްކިތް، މަސްޖިދުއް ނަޞްރުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކުރުމުން އެ މަސައްކަތް ކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޑެޑުންނެވެ. މި މަސައްކަތަކީ ނޫމަރާ ކައުންސިލުގެ އާމްދަނީން ކޮށްފައިވާ މަސައްކަތެއްކަމަށް އެ ކައުންސިލުން ބުނެއެވެ. ނޫމަރާ ކައުންސިލުން ވަނީ އެރަށު ހުކުރު މިސްކިތުގައި ފާޚާނާ ބަރިއެއް ޢިމާރާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 14 ނޮވެމްބަރު 2023 ގައި މި މަސައްކަތ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމް ފޯމް ހުށަހަޅުއްވަނީ

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމް ފޯމް ހުށަހަޅުއްވަނީ

މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޯމް ހުށަހަޅުއްވަން ނިންމަވައިފިއެވެ. އެނގިފައިވާ ގޮތުގައި އާޒިމް ފޯމް ހުށަހަޅުއްވާނީ މިއަދު ހަވީރު އެމްޑީޕީގެ އޮފީހަށެވެ. އާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި ހޭދަކުރެއްވި މުއްދަތުގައި އެ ކުންފުނީގެ ހިންގުމަށާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެ...

މުޙައްމަދު
އެންސްޕާގެ ސީއީއޯއަކަށް ހީނާ ހަމަޖައްސައިފި

އެންސްޕާގެ ސީއީއޯއަކަށް ހީނާ ހަމަޖައްސައިފި

ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) މަގާމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަމަޖައްސައިފި އެވެ. މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި، ހީނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހީނާ މި މަގާމަށް ހަމަޖެއްސިއިރު، މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެންސްޕާގެ މައ...

ޔުމްނާ ޢަލީ
ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ދުބާއީއަށް ވަޑައިގެންފި

ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ދުބާއީއަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ތަގުރީރު އޮންނާނީ މާދަމާ (1 ޑިސެމްބަރު 2023) ގައެވެ. ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަނ...

ޔުމްނާ ޢަލީ
އިތުރު 20 ނައިބު ވަޒީރުން ޢައްޔަނުކޮށްފި

އިތުރު 20 ނައިބު ވަޒީރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 20 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛ * މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބުގެ މަގާމަށް، ގ.ކުދިރުވާލިގެ އާމިނަތު ރަނާ ޙުސައިން ޝިހާމް * މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ގުލްޒާރުގެ، ޅ.ނައިފަރު ޙުސައިން ޒީނީ * މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، މ.ބާރަނާގެއާގެ އަރްޙަމް ޙުސައިން * މިނިސްޓަރ އޮފް ހޯމްލޭންޑް [...

ޔުމްނާ ޢަލީ
އަލީ ވަހީދު ހައްޔަރުކުރި މައްސަލާގައި އިނގިރޭސިވިލާތުން 20,000 ޕައުންޑް އޭނާއަށް ދެނީ

އަލީ ވަހީދު ހައްޔަރުކުރި މައްސަލާގައި އިނގިރޭސިވިލާތުން 20,000 ޕައުންޑް އޭނާއަށް ދެނީ

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހައްޔަރުކުރި މައްސަލާގައި އަލީ ވަހީދުގެ ކިބައިން މާފަށް އެދި އަދި ބަދަލުގެ ގޮތުގެ 20،000 ޕައުންޑް ދޭން އެ ގައުމުން ނިންމާފައިވާ ކަމަށް އަލީ ވަހީދުގެ ވަކީލުން މިއަދު ބުނެފި އެވެ. އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ ގައުމުން އަލީ ވަހީދު ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލި […]

ހުސައިން ހަބީބް
ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން މިއަދު […]

ޔުމްނާ ޢަލީ
އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް، ރާއްޖެއިން ގޮވައިލައިފި

އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް، ރާއްޖެއިން ގޮވައިލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވައިލައްވައިފިއެވެ. ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު މިގޮތަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމަ...

ޔުމްނާ ޢަލީ
އެފްކޮންސްގެ ބޮޑު ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުލިބުނު

އެފްކޮންސްގެ ބޮޑު ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުލިބުނު

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ. ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން އެންވަޔަރްމަންޓް މިނިސްޓަރު ވެސް އޮތީ ދަމަހައްޓަވައިފަ އެވ...

ހުސައިން ހަބީބް
އީވާ ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

އީވާ ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް ހުށަހެޅި މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ. އީވާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މި މަހުގެ 13 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު […]

މުޙައްމަދު