ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދިން ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ. https://t.co/XqIjEg5QoCWith reference to the article below, the ministry would like to clarify that no new payments have been made to compensate any such parties. A press release with details on this matter will be issued by the ministry […]
މުޙައްމަދު
2 އަހަރު ކުރިން
މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. އާޒިމްގެ އިތުރުން ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ތިން ކެންޑިޑޭޓުން ވެސް މިއަދު ވަނީ އީސީ އަށް ފޯމު ހުށަހަޅާފައެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި އެމްޑީޕީގެ އަނެއް ތިން ކެންޑިޑޭޓުން މި […]
ޔުމްނާ ޢަލީ
2 އަހަރު ކުރިން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިހެވަން މަޝްރޫއު އަލުން ފަށާނެ ކަމަށާއި އެ މަޝްރޫއަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް ކަމަށެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، އިހަވަންދިއްޕޮޅުގައި އައިހެވަންގެ ނަމުގައި ބޮޑު މަޝް...
މުޙައްމަދު
2 އަހަރު ކުރިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، ޢަލީ ޢަބްދުއްލަޠީފް، (ގއ. ވިލިނގިލި، ބީޗުހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޢަލީ ޢަބްދުއްލަޠީފް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހ...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަންމ ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެމީހާ އެ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯ ”އެކްސް”ގައި ހިއްސާކޮށް ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތު އަންގައިދޭން އެދޭ ކަމަށެވެ. އެ ވީޑިއޯ އިން ފެންނަނީ މީހަކު ގާތަކެއް ހިފައިގެން ގެއެއްގެ ގޯތި ތެރޭގައި ވެހިކަލްތަކެއް ލައި، ހިޔާކޮށްފައިވާ ތަނަކަށް ވަންނަ މަންޒަރެވެ. އެތަނުން ކާރަކާއި ބައެއް ސައިކަލް ތައް ވެސް […]
ޔުމްނާ ޢަލީ
2 އަހަރު ކުރިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަށް ލަފާ މުޝީރުންގެ ގޮތުގައި، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފަހުން މާލީ ވަޒީރަކަށް ހުންނެވި އަހްމަދު މުނައްވަރާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަން ކުރައްވާފައިވާ އަހްމަދު ނަސީރެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ދެބޭފުޅުން އެ...
ޝިއުނާ އާދަމް
2 އަހަރު ކުރިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، (މާލެ/މައްޗަންގޮޅި ރެސްޓިން ހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. އެކަމަނާ އެ މަގާމަށް ޢައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ ޚާރިޖީ ވުޒާރާގެ ވަޒީރުގެ ނައިބުގެ މަގާމުގައެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް ވަޒީރުންގެ ފެންވަރުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮ...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަ...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ އިރު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މީގެ ކުރިން އޯލެވެލް އެގްޒާމުގައި ފާސްވާ […]
މުޙައްމަދު
2 އަހަރު ކުރިން
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާތީ އެ ކެންޑިޑޭޓުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން 20،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމި ކެންޑިޑޭޓުންނަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އަދި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއ...
މުޙައްމަދު
2 އަހަރު ކުރިން
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުން އަޑުއެހުންތައް މިއަދު ނިންމާލައި, ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ […]
ހުސައިން ހަބީބް
2 އަހަރު ކުރިން
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު، އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ އެއް އިއްތިހާދެއްގެ ގޮތުގައެވެ. އަދުރޭ އަކީ އެ އިއްތިހާދުގެ ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދުރޭ މަޖިލިސް...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭ...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިކަން ފެށެނީ އެންވެރިކަމުން ކަމަށާއި، އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސ...
ޔުމްނާ ޢަލީ
2 އަހަރު ކުރިން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް ގާއިމު ކުރަން އިއްޔެ ނިންމަވައިފިއެވެ. އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު [...
ޔުމްނާ ޢަލީ
2 އަހަރު ކުރިން