ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި […]
މުޙައްމަދު
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކޮށްފިއެވެ. ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސް އަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ހަވާލުކޮށް ދެއްވި އިރު، މަގާމުގެ ކުރިއެރުން ދެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް […]
މުޙައްމަދު
މާލެ ސިޓީ ކައުންސިލްގެ ވަލު ދޮރާށިން ވަދެގެން ހިދުމަތް ހޯދުމާއި އެތަނުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ނިމުމަކަށް ގެންނަވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އެ ބައި-އިލެކްޝަންސްގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ...
ޔުމްނާ ޢަލީ
ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް ކަމަށެވެ. މި މައްސަލައަށް ބަލައިލާއިރު، ރާ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން ދުނިޔާ މިރޭ ‘’އެކްސް’’ މެދުވެރިކޮށް ވަނީ އޭނާ ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފިއެވެ. ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ. ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ އޯގަސްޓް މަހުގެ 3 ވަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ. “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ. މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ. މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ. ރައީސް މި ނިންމުން ނިންމެވީ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް މިއަދު ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައ ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެ...
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ލަމްހާބަންދުގައި ބެހެއްޓުމަށް ފަހުކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ މިދިޔަ މަހު އެވެ. އެ މައްސަލަ ދައުލަތުން […]
ހުސައިން ހަބީބް
ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކިއަދު ”އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވެފައި ވަނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތައް ނިންމެވީ ޒުވާން...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި...
ޔުމްނާ ޢަލީ
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ހުސެންގެ މި ދަތުރުފުޅ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ. އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 […]
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […]
ޔުމްނާ ޢަލީ