ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެއްވައިފިއެވެ. ރައީސް އެގޮތައް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ޢަބްދުﷲ ޚަލީލް އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު، ”ހަފުތާ 14”ގައި ހިމެނިފައިވާ ކަންކަންމުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާގުޅ...
ޔުމްނާ ޢަލީ
ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަށް ބޭނުންވާ ހިލަ ހިފައިގެން މިދިޔަ ޖުލައި މަހު އެ ސިޓީ އަށް ދިޔަ ބާޖު ފަރަށް އެރުމުން އޭގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމައިފިއެވެ. “އޮލިމްޕިކް ކަންޑިލޯ” ނަމަކަށް ކިޔާ މި ބާޖު ފަރަށް އަރާފައި ވަނީ މި އަހަރުގެ ޖުލައި 7 ގައެވެ. އެ ބާޖުގެ ވެރި ފަރާތަކީ ސިންގަޕޫރުގެ އެފްރީސިއަން ޕްރައިވެޓް ލިމިޓެޑެވެ. އެ […]
މުޙައްމަދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރަން ސަރުކާރުން މަޝްވަރާ ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން ރޭ ދޮގުކޮށްފިއެވެ. “ރާއްޖެއެމްވީ” އިން ފެތުރި ހަބަރެއްގައި ބުނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންމައި އެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރު […]
މުޙައްމަދު
ހަންގޭރީގައި ކިޔެވުމަށް، 25 ސްކޮލާޝިޕްގެ ފުރުސަތު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލައި، އެ ވުޒާރާއިން ކޮށްފައިވާ ޢިލާނެއްގައި ބުނީ، ސްކޮލާޝިޕްގެ މި ފުރުސަތުތަކުގެ ދަށުން، ބެޗްލަާސް ޑިގްރީ އަށް ކިޔެވުމުގެ 8 ފުރުޞަތު، މާސްޓާސް ޑިގްރީއަށް 14 ފުރުޞަތު އަދި ޑޮކްޓޯރަލް ޑިގްރީ (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ) އަށް ކިޔެވުމުގެ 3 ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދާއި ކައުންސިލަރުކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ. މި ބޭފުޅުންނަކީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ރައީސް ޔާމީން އަރިހުގައި އިސްކޮށް އުޅުއް...
ޔުމްނާ ޢަލީ
ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުއެވެ. ނައިބު ރައީސް އެނބުރި ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ. 4 ޑިސެމްބަރު 2023 ގައި ނައިބު ރައީސް ފުރަތަމަ ވަޑައިގަތީ “ޗައިނާ-އިންޑިއަނ...
ޔުމްނާ ޢަލީ
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް އުފުލައި, ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ އެ މައްސަލާގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ […]
ހުސައިން ހަބީބް
ރައީސް ޑރ. މުހައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މިގޮތުން، ރައީސް މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް – ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ. […]
ޔުމްނާ ޢަލީ
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބަޖެޓް މަޖިލީހަށް ފޮނުވީ 31 އޮކްޓޯބަރު 2023 ގައެވެ. އޭރު މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް މި ބަޖެޓް ހުށަހަޅުއްވައި ދެއްވީ 14 ނޮވެމްބަރު 2023 ގައެވެ. މަޖިލީހުގައި ބަޖެޓް މަސައްކަތް ކުރިއަށް ގެންދެވުމަށްފަހު ބަޖެޓު ކޮމެޓީން ފާސްކުރި ބަޖެޓަށް މިއަދު ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. 2024 ވަނަ އަހަރަށް ލަފާކޮށް […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ ވައިސް ޗީފަކަށް ޢައްޔަނު ކުރެއްވިއިރު، ކުރިން އެ މަޤާމުގައި ހުންނެވީ މޭޖަރ […]
ޔުމްނާ ޢަލީ
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) ފޯމް ހުށަހަޅުއްވައިފިއެވެ. އާޒިމާ ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް އިއްޔެ ވަނީ ފޯމް ހުށަހަޅުއްވައިފައެވެ. އާޒިމާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނ...
މުޙައްމަދު
ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ނުވަތަ ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު ޝަހީބް އައްޔަން ކުރައްވައިފިއެވެ. ޝަހީބް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ޝަހީބު އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމުންނެވެ. އޭގެ ފަހުން، ޝަހީބު ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ...
މުޙައްމަދު
ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ. ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެން ބޭރުގެ ޖަމާއަތެއްގެ ވަޒީފާއަކަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން މިރޭ ހާމަކުރައްވައިފިއެވެ. ސިޔާސީ މަސައްކަތްޕުޅާއި ދުރައްޖެހިވަޑައިގެން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ މިރޭ އާންމު ކުރެއްވި ބަޔާނެއްގައެވެ. ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތާއި ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ނުކުރައްވާނެކަމަށް ވަނީ ވިދާ...
ޔުމްނާ ޢަލީ
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް) އިން ބުނީ، އެއީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށެވެ. އުމުރުން 59 އަހަރުގެ ޕީޓާ ތޯމަސް ޑަސް ކިޔާ މި މީހާ ކުއްލިއަކަށް ހޭނެތިގެން އޭނާ ހުންނަ ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށް ކަރެކްޝަނުން ބުންޏ...
ޔުމްނާ ޢަލީ