ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެއްވައިފިއެވެ.
ރައީސް އެގޮތައް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ޢަބްދުﷲ ޚަލީލް އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު، ''ހަފުތާ 14''ގައި ހިމެނިފައިވާ ކަންކަންމުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.
އެ ވަޢުދުފުޅާ އެއްގޮތައް މިހާރު އެކަން ހަމަޖައްސަވައި، އެ ފްލެޓްތަކުގެ ކުލި އެއް އަހަރަށް ދެއްކުން ފަސްވެގެންދާގޮތައް ރައީސް ނިންމަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މިގޮތުން އެ ދެ މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯން އަނބުރާ ދެއްކުން އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކޮށް، ރީސްޓްރަކްޗާ ކުރުމަށް ރައީސް ނިންމަވައި، އެކަން މިހާރު މާލީ ވުޒާރާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން، ކުރިއަށް އޮތް އަހަރު ދުވަހު ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުން އިންޓްރެސްޓް ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސްކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!