މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 421 ވަނަ ޞަފްޙާ

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް ކަނބަލެއް

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް ކަނބަލެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާތުމަތު ދިޔާނާ އައްޔަން ކުރައްވައިފިއެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތ...

މުޙައްމަދު
ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށްފި

ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށްފި

ރ. ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށް ދީފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓު ދީފައި ކަމަށެވެ. ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަ...

ޔުމްނާ ޢަލީ
ރައީސް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގެ ބައެއް ރަށްތަކަށް

ރައީސް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގެ ބައެއް ރަށްތަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ފަސްދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މި ސިޓީތަކާއ...

ޔުމްނާ ޢަލީ
ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ އިތުރު މީހަކު ހައްޔަރުކޮށްފި

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ އިތުރު މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އިތުރު މީހަކު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހައްޔަރު ކުރި މި މީހާ އަކީ އުމުރުން 22 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.     އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި މީގެ […]

ޔުމްނާ ޢަލީ
އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު

އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު

އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމު ކުރުމުގެ މަސައް ކުރިއަށްދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު މިއަދު ވިދާޅުވެއްޖެއެވެ. އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން މިއަދު މާލޭގައި މި މަރުކަޒު ހުޅު...

މުޙައްމަދު
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި މީހުންނަށް ސަމާލުކަން ދޭނަން: ރައީސް

ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި މީހުންނަށް ސަމާލުކަން ދޭނަން: ރައީސް

ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި ގާއިމްކުރި “އިސް ރަށްވެހިންގެ ނާދީ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އެއީ މީގެކުރިން ނަމަ، ހަވާސާކޮށްފައި ތިބި ބައެއް ކަމުގައި ރ...

މުޙައްމަދު
މާލޭގެ ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެ

މާލޭގެ ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެ

މާލޭގެ މާފަންނުކޮޅުގައި ހުރި ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެއެވެ. މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. އެ ތަނުން ފެނިފައި ވަނީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ ހަރުފަ ފެނުމާ އެކު ވަގުތުން އެކަން އެމްއެންޑީއެފް އަށް އެންގިއެވެ. އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް […]

މުޙައްމަދު
މާލޭގައި ގާއިމުކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

މާލޭގައި ގާއިމުކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” މިއަދު ހުޅުވައިފިއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ހެދި މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖެންޑާ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރ...

މުޙައްމަދު
''ސްކައުޓް ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އިތުރަށް މަސައްކަތްކުރާނެ''

''ސްކައުޓް ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އިތުރަށް މަސައްކަތްކުރާނެ''

ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއަކީ، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގު...

ޔުމްނާ ޢަލީ
ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި

ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސި...

ޔުމްނާ ޢަލީ
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނުކޮށްފިއެވެ. މި މަގާމަށް މިއަދު ޢައްޔަނު ކުރައްވާފައި ވަނީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ...

ޔުމްނާ ޢަލީ
މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް

މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް

އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ. ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް […]

ޔުމްނާ ޢަލީ
މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި

ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]

ޙުސައިން ޝަހުދީ
ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ މައްސަލަތައް ބެލޭނެ އުސޫލެއް ހަދަނީ

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ މައްސަލަތައް ބެލޭނެ އުސޫލެއް ހަދަނީ

ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ކުރުސީ.ކޮމް” އާއި “ދިޔަވަރު.ކޮމް” އާއި “ދޮންއަމާ.ކޮމް” ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގަ...

މުޙައްމަދު
މާފުށީގައި މި އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓަން މަސައްކަތް ކުރަނީ

މާފުށީގައި މި އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓަން މަސައްކަތް ކުރަނީ

މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ވަނީ މާފުށީގައި ބެހެއްޓުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޑޮލަރު އޭޓީއެމް ބަހައްޓާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެ...

މުޙައްމަދު