ބޮޑެތި އިންވެސްޓްމަންޓުތަކާއި މަޝްރޫއުތައް އައުމުން ޑޮލަރު ތިޔާގިވާނެ: ރައީސް
ބޮޑެތި އިންވެސްޓްމަންޓުތަކާއި މަޝްރޫއުތައް އައުމުން ޑޮލަރު ތިޔާގިވެ، މިހާރަށް ވުރެ ފަސޭހަ އިން ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަހްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލެއް އަންނާނީ އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާތައް ގެނެސް އިގްތިސާ...