ކުރިމަތިލާނެ އިތުރު މީހަކު ނެތް، އެމްޑީޕީގެ ރައީސަކަށް ޝާހިދު
އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމަޖެހިއްޖެއެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެންވެ، ޝާހިދު އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެއެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ […]