ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހދ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފިއެވެ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފައިވާކަން އަންގައި އެރަށު ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ދަނޑުގެ ގޭޓުގައި ނޯޓެއް ހަރުކޮށްފައެވެ. އެ ނޯޓުގައި ބުނެފައި ވަނީ ”ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ ބަންދުކުރެވިފަ” ކަމަށެވެ. މިކަމާއިގުޅޭގޮތުން އެ ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް ”ތިލަދުން” އަށް ވިދާޅުވީ، އެ ދަނޑު ބަންދުކުރީ ހަލާކުވެ، ގިނަ ދުވަސްތަކެއްފަހުން، އެއްގޮތަކަށް ވެސް އެތާގައި ނ...
ޔުމްނާ ޢަލީ
ދިވެހި ކަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަދާއި ގުޅުވައިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖ...
ޔުމްނާ ޢަލީ
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފިއެވެ. މި ކޯސްތައް އިފްތިތާޙްކޮށް ދެއްވީ، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި […]
ޔުމްނާ ޢަލީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ. މޯދީ، އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ސިޓީ ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަ...
ޔުމްނާ ޢަލީ
ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ “ލޫން 2” ނަމަކަށް ކިޔާ ދޯނި އަޑިއަށްދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މި ދޯނީގައި ހަތަރު މީހުން ތިބިއިރު، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:52 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި […]
ޔުމްނާ ޢަލީ
މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވައި ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބުނެފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 1000 ދިވެހި ރައްޔިތުން، ސަރުކާރުގެ ޚަރަދުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވަން ނިންމަވާފައިވާއިރު، އޭގެ ތެރެއިން މިއަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ފުރައިފިއެވެ. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ 50 މީހުންނެވެ. ރިޔާސީ ފުރަތަމަ...
ޔުމްނާ ޢަލީ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި މުޖުތަމައުގެ ވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންމެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނ...
ޔުމްނާ ޢަލީ
މިއަހަރުގެ ބޮޑު ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިއެވެ. މިގޮތަށް ނިންމިކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރީ، އެ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 ފަގީރުންގެ ތެރެއިން 48 މީހުން މާދަމާ ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެގޮތުން މި އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ކަނޑައަޅައި ހައްޖު ކޯޕަރޭޝަނާ ހިއްސާކޮށްފައެވެ. މި […]
މުޙައްމަދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވައިފިއެވެ. މޯދީ އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް ދެއްވާފައިވާ ކަން ހާމަކުރީ އިންޑިއާގެ މީޑިއާތަކުންނެވެ. އެކަމަކު، އެ ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެނ...
މުޙައްމަދު
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ކުރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމުން މިއަދު ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައި ފަސިންޖަރުން އަދި ކުރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސް […]
މުޙައްމަދު
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ. ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް 2019 ވަނަ އަހަރު ކުރީ މަޖިލިސް މެމްބަރަކަށް އޭނާ ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ އާއި ރޮލެކްސް ގަޑި ހޯއްދެވި ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން […]
ހުސައިން ހަބީބް
ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހެޅި ދުވަސް ދޫކޮށްފައި، ޖެހިގެން އަންނަ ދުވަހެވެ. ޕީޖީން ބުނީ އެ އޮފީހުގެ އަމާޒަކީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާ...
މުޙައްމަދު
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރްދަނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން ބަހަދިކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ލަންކާ އާއި ރާއްޖެއަކީ ގާތް ރަހުމަތްތެރި ދެ ގައުމުކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކަމާއެކުގައި ދެމެހެއްޓުމަށް ކުރެވިދާނ...
މުޙައްމަދު