ންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަންނެލި މަސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ރޭ ވަނީ އެ އިހުތިޖާޖަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި މިއަދު ވަނީ އެ އިހުތިޖާޖު ފަށާފައެވެ. މި އިހުތިޖާޖުގެ ވީޑިއޯތައް ބީކޭއެމްޔޫ އިން އެ ޖަމިއްޔާގެ އެކްސް އެކައުންޓް މެދުވެރިކޮށް ގެނެސްދެމުން އަންނައިރު، ގިނަ އަދަދެއްގެ ބޮޑު ކަންނެލި މަސްވެރިން މި އިހްތިޖާޖުގައި ބައިވެރިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. BKMU […]
ޔުމްނާ ޢަލީ
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޕީއެސްއެމް އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޭއްވި މި ޓެލެތޯން ފައްޓަވައި ދެއްވީ ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމަނިކުފާނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި ކުންފުނިތަކުގެ...
މުޙައްމަދު
ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް މިއަށް ވުރެ މަތީ ފަންތިއަކަށް ނޫނީ ހަރުފަތަކަށް ގެންދަން ޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ފަލަސްތީނާއެކު ދިވެހީން” ނަމުގައި ޕީއެސްއެމުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި ދިވެހިން އެކި ގޮތް ގޮތަށް އެހީތެރިވަމުންދާ ކަމަށެވެ. އަދި ފަލަސްތީ...
މުޙައްމަދު
ތައިލެންޑުގެ ބޭސް އުފައްދާ ކުންފުނި “ސެވެން ސްޓާޒް ފާމަސިއުޓިކަލް” އިން އުފައްދާ ބޭސްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފިއެވެ. އެމްއެފްޑީއޭއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ ތައިލެންޑް ކުންފުނިން އުފައްދާ 15 ބާވަތެއްގެ ބޭސް އުފެއްދުމުގައި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއިން އެބޭސްތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާ ކަމަށެވެ. އެމްއެފްޑީއޭއިން ބުނީ އެ ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގެ ހު...
މުޙައްމަދު
ކަންނެލި މަސްވެރިން މާދަމާ އިހުތިޖާޖް ކުރަން މިދަނީ ތަށްޔާރު ވަމުން އަންނަކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގަައި ބުނެފައި ވަނީ، ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުނުފުއްދާ ކަމަށެވެ. އަދި ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަންނެލި މަސްވެރިން މާދަމާ އިހުތިޖާޖް ކުރަން ތަށްޔާރު ވަމުން އަންނަކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރާއި، އެ ވުޒާރާ ޓެގްކޮށްފައިވައިވާ މި ޓްވ...
ޔުމްނާ ޢަލީ
އެމްއެމްޕީއާރުސީ އިން ކުންފުންޏަކަށް ދޫކުރި ކަމަށް ބުނާ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ. އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުންނާއި ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދިން 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް […]
ހުސައިން ހަބީބް
ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ދުވަސްތަކާއި ގަޑިތައް މިއަދު އާންމުކޮށްފިއެވެ. އިމިގްރޭޝަނުން އާންމު ކުރި ޕޯސްޓެއްގައި ބުނީ އީދު ބަންދުގައި، މި މަހު 17 އިން ފެށިގެން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހަޅޭނެ ގަޑިއަކީ ހެނދުނު 9:00 އިން […]
މުޙައްމަދު
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނެ އުސޫލުތަކާއި ހަމަތަކެއް ކަނޑައަޅަން މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އަސްވާޑް ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށް...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމަށް ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރ...
މުޙައްމަދު
އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް ވަނީ މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮ...
ޔުމްނާ ޢަލީ
ރާއްޖޭގެ މިއަހަރު ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރާފައިވާއިރު، އަމީރުލް ޙައްޖެއްގެ ގޮތުގައި ވަޑައިގަތީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ. ދިވެހި ދައުލަތުގެ ފަރާތުން ޙައްޖުގައި ރާއްޖެ ތަމްސީލްކުރާ އިސްބޭފުޅެއްގެ ގޮތުގައި، އަދި ރާއްޖޭގެ ހައްޖާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅާ އަމީރުލްހައްޖުގެ ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތުކޮށްދެއްވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ އަދުރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ އިއްތިހާދުގެ ވެރިކަންކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި އަބުދުއްރަޙީމް މިހެން ވިދާޅުވީ، ރައީސް މުޢިއްޒު އާއި ހިންދުކަރައިގެ (އިންޑިއާގެ) ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާ...
ޔުމްނާ ޢަލީ
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން މީޑިއާތަކަށް ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އިއުލާންގައިވެއެވެ. ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، ޖޫން 10، 11، 12، 13، އަދި 23 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް ވަނީ ބުނެފައެވެ....
މުޙައްމަދު
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ލަސްތަކެއް ކުރިމަތިވުމުން, އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި ރާއްޖޭގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ދައުވާ ކުރެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ މާވިން އާއި ލަމްހާ […]
ހުސައިން ހަބީބް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ބައްދަލު ކުރައްވައިފިއެވެ. ރައީސް ޑރ. މުއިއްޒު، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ، މޯދީގެ ދައުވަތަކަށް، އެމަނިކުފާނު ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްވަޕަތީ ބަވަންގައެވެ. މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމީ ބޭއްވެވި ރޭ...
މުޙައްމަދު