ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ސަރުކާރުން ޤާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. ޤާނޫނުއަސާސީގައި މިހާރު ބުނާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަ...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިދާރާތައް އަލުން އިމާރާތް ކުރުމަށް 50 ރަށެއް ކަނޑައަޅައި އެރަށްތަކުގެ ނަންތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރަށްކުގެ ނަންތައް ޢިއުލާންކޮށްފައިވާއިރު، މިއީ އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އަލ...
ޔުމްނާ ޢަލީ
އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ. މިއަދު އެ މިނިސްޓްރީން އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ. ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަދެނީ،މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވާ “ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު”ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އަދި އުމްރާއަށް މީހުން ގެ...
އަލީ އާދިލް
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ […]
ހުސައިން ހަބީބް
މާލެ ސަރަހައްދުގެ ހަ ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި […]
މުޙައްމަދު
ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހައްޖާޖީއަކު ރޭ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ، 80، އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހަފީޒާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި މިނިސްޓްރީން ބުންޏެވެ. ހަފީޒާގެ މަރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގޮސްފައިވެއެވެ.
މުޙައްމަދު
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހި ނިކަމެތިވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން “ފަލަސްތީނާއެކު ދިވެހިން” ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯންގެ ފައިސާއާ ބެހޭ ކަންކަން ބަލަހައްޓަމުން އަންނަ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއާ ހަވާލާދީ ޕީއެސްއެމުން ބުނީ ރޭ ދަންވަރު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ އެކައުންޓަށް ލިބުނު ފައިސާ އާއި […]
މުޙައްމަދު
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން އިއްޔެ ފެށި ހާއްސަ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފިއެވެ. “ފަލަސްޠީނާއެކު ދިވެހިން”ގެ ނަމުގައި ފަށާފައިވާ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފައިވަނީ ފައިސާ ޓްރާންސްފަރ ކުރުމުގައި އިއްޔެ ހަވީރު ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބ...
ޔުމްނާ ޢަލީ
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަަމަކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްވަރަށް ހެޔޮކޮށްފައިވާ ކަމަށެވެ. ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަމަކުރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ސަރުކާރުގެ މެނިފެންސްޓޯވާ ވައުދު ފުއްދުމުގ...
ޔުމްނާ ޢަލީ
މަންމައަށް އެސްލޯން ހޮޅިއަކުން ހަމަލާދީ އަދި ހުތުރު އެއްޗެހި ގޮވައި, މަރުގެ އިންޒާރު ދިން ދަރިއަކު އަށް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ހެންވޭރުގެ ގެއަކަށް ނިސްބަތްވާ ފިރިހެނަކު މިދިޔަ އަހަރު އޭނާގެ މަންމަގެ ގައިގައި އަތުން ތަޅައި އަދި އެސްލޯން ހޮޅިއާއި ފެންފުޅިއަކުން ހަމަލާ ދިނުމުގެ އިތުރުން މަންމައާ ދިމާލަށް ” ޝައިތާނެކޭ” ބުނެ, މަންމަ މަރާލާނެ ކަމުގެ އިންޒާރު ދިނެވެ. އެ މީހާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި […]
ހުސައިން ހަބީބް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއާ ސޮސައިޓީގެ ފަރާތުން، އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ. މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވ...
ޔުމްނާ ޢަލީ
ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ހަ އަހަރުގެ ސަދާ ސައުދުﷲ ގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ. އޮކްޓޫބަރު، 2021 ގައި ސަދާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ސަދާގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުންނެވެ. އެ މައްސަލާގައި އޭނާގެ މައިންބަފައިން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ބޭނުންވޭތޯ […]
ހުސައިން ހަބީބް
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ. މިއީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިދާރާއިން ބުނީ، ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ބަލައިފާސ...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީގައި އައިސްޕްލާންޓެއް ގާއިމުކޮށްދިނުމާއި، އެ ސަރަހައްދުގައި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަު މުޙައްމަދު އާތިފް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމްއާ އިއްޔެ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އިއްޔެ ހެނދުނު އ...
ޔުމްނާ ޢަލީ