މުސްލިމުން ފާހަގަ ކުރާ ދެ އީދު ކަމުގައިވާ އަޟްހާ އީދާއި ފިތުރު އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ފިތުރު އީދާއި އަޟްހާ އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރާއިރު، ކުލަ ޖެހުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ. އަދި ދިވެހި ސަގާފަތަކީ އީދުގައި […]
މުޙައްމަދު
މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ދަތި އުނދަގުލާ ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ. ޝިފާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ ހަގީގަތެއް ކަމަށެވެ. ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވުމުން ކަމުގައި ޝިފާން ވިދާޅުވިއެވެ. […]
މުޙައްމަދު
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 87 އަހަރުގައި އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަބްދުލްހަންނާން ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށް ވަނަ އަހަރަށެވެ. އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަ...
މުޙައްމަދު
ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ހިފަހައްޓައި ޗެކު ކުރުމަށްފަހު މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުންބުނެފިއެވެ. ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދިޔަ އުޅަނދެއް ހުއްޓުވައި މިއަދު ޗެކުކޮށްފައިވާ ކަމަށެވެ. އެ އުޅަނދު ޗެކްކުރިއިރު އެއީ ”ބީ” ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްކަމަށް ފުލުހުން ބުންޏެވެ. ”ބީ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް އޭ ޒޯނުގައި ދުއްވުމާއި އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި އުޅަނދު ވަނީ ޓ...
ޔުމްނާ ޢަލީ
މާލޭ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލައި ވައްކަން ކޮށްފިއެވެ. ފުލުހުން ބުނީ، މާފަންނުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:45 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށްނެގި ތަކެތި ހޯދިފައިވާ ކަމަށެވެ. ”މި ފިހާރައިން ގެއްލުނުތަކެތި ރިކަވަރ ކުރެވިފައިވޭ” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަ...
ޔުމްނާ ޢަލީ
14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ”ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.” ފުލުހުން ބުނެފަވެއެވެ. ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލ...
ޔުމްނާ ޢަލީ
އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ ލިބުމުގެ ޝަރުތުހަމަވާ ހަ ޕާޓީއަކަށް 44.09 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޝަރުތުހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދު...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލަދޭ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅެނިކޮށް ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެ...
ޔުމްނާ ޢަލީ
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރި ޙައްޖާޖީންނަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްކަން ފާހަގަކުރަށްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަން ބަޔާން ކުރަށްވައި ސައޫދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރަށްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނ...
ޔުމްނާ ޢަލީ
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ ރޯވެ ފަސް ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 00:34 ހާއިރުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މިއީ ގަސްދުގައި ހިންގާފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ...
ޙުސައިން ޝަހުދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ދިވެހި ސަރުކާރަށާއި އަދި ދިވެހިންނަށް ބޮޑު ޢީދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ހަވީރު ފަސްގަޑި ބައިހާއިރު އާންމުކުރި ބަޔާނެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންނަށް ބޮޑު ޢީދުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ބުނެފައެވެ. މި ބަޔާނުގައި މޯދީގެ މެސެޖުގެ ގޮތުގައި ބުނެފައި ވަނީ މިއަހަރުގެ […]
ޔުމްނާ ޢަލީ
މާލޭގައި ޕާކު ކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން ސިފައިން ގޮސް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން، މި ހާދިސާގެ ރިޕޯޓް މިރޭ 00:37 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީ...
ޙުސައިން ޝަހުދީ
މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެއެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މާލޭ ކާނިވާ ކައިރީ ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީ ހުރި ސައި ކަލެއްގައި ރޯވެފައިވާ ކަމަށެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އިން ވަނީ ސައި ކަލުގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ސައިލަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. Carnival kurimathee FSM kairee huri cykalehgai […]
ޔުމްނާ ޢަލީ
އަންނަ ބުދަ ދުވަހާއި، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ބޮޑު އީދުގެ ޗުއްޓީ ދުވަސްވަރަށް ވުމުން މެޓު އޮފީހުން އަންނަނީ ދުރާލާ މޫސުން އަންދާޒާކުރެވޭކޮށް އާންމު ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މި އަދު އެ އިދާރާއިން ބުނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ […]
ޔުމްނާ ޢަލީ
ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި ދެ ލޯންޗް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ވޮއްމުލި ރިސޯޓްގެ ކައިރީގައެވެ. މި އެކްސިޑެންޓް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް ވަނީ ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. ”އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ...
ޔުމްނާ ޢަލީ