ލ. މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަލީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށައިފި އެވެ. މާޗް, 2014 ގައި ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ […]
ހުސައިން ހަބީބް
އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް، ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) އެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެންމެފަހުން ޒިހާން ފެނިފައިވަނީ މި މަހުގެ 21 ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. […]
ޔުމްނާ ޢަލީ
ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރ...
ޔުމްނާ ޢަލީ
ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީއަރަބިއްޔާ އަށް މިއަހަރު ދިޔަ ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ފްލައިޓް ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55 ގައި ސައޫދީން ފުރާފައިވާ ކަމަށެވެ. 1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ދިވެހިން ގޮސްފައިވާއިރު، މިއަދުގެ ފްލައިޓްގައި އޭގެތެރެއިން 296 ހައްޖާޖީން ރާއްޖެ އަންނާނެއެވެ. ހައްޖުވެރިން ސައޫދީ އަށް ގޮސްފައ...
ޔުމްނާ ޢަލީ
ޙައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1300 އަށް ވުރެ ގިނަ މީހުން ނިޔާވެއްޖެއެވެ. ސައޫދީ ކަމާބެހޭ ފަރާތްްތަކުން ހާމަކުރާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 1301 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ރަސްމީ ހުއްދަނެތި މައްކާ އަށް ދިޔަ މީހުންކަން […]
އަޙްމަދު ދާއޫދު
ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕީއެންސީން މިރޭ ހުޅުވި ޖަގަހަ ހަދާފައި ވަނީ ކުރިން އެމްޑީޕީގެ ޖަހަގަ ގިނަ ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު ފަހުން...
ޔުމްނާ ޢަލީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ރަސްމީކޮށް ހުޅުވައިފިއެވެ. ހ.ވެޔޮވިލާގައި ހުންނަ މިޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި، ޕްރޮގްރެސިވް ކޮންގްރެސްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތ...
އަލީ އާދިލް
ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ދަންދާނަ” ގުރޫޕުގެ މެމްބަރަކު ސަސްޕެންޑްކޮށްފިއެވެ. ސަސްޕެންޑް ކުރީ ށ. މާއުނގޫދޫ އަށް ނިސްބަތްވާ އެ ގްރޫޕްގެ އަންހެން މެމްބަރެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ […]
މުޙައްމަދު
އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަނީ އެމީހުންނަށް ނުދެވި ހުރި ފައިސާ ދޭނެ ކަން ޕީއެންއެފް/އެމްޑީޕީ ކޯލިޝަނަށް ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި 80 މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްތަކަށް […...
މުޙައްމަދު
ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައި ދީފައެވެ. މިގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނ...
މުޙައްމަދު
ރާއްޖޭގެ ފަޅުރަށަކަށް އިއްޔެ ލެއްގީ ސޯމާލިއާގެ ހާލުގައި ޖެހިފައިތިބި ބައެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލެއްގީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނިގޮތުގައި ސޯމާލިޔާ ބަޔަކާއެކު ޑިންގީ އެއް ލައްގާފައި ވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތި އަށެވެ. އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. މި ތިން މީހުންނަށް ނ. ހޮޅުދޫ ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި […]
އަޙްމަދު ވަހީދު
ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ، އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ. ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ ”ފިޔޯރީ އެމްވީ” ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި […]
ޔުމްނާ ޢަލީ
ގދ. ފިޔޯރީން އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިއަދު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 19:08 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކުއްޖާ އެންމެފަހުން ފެނިފައި ވަނި ހަވީރު 17:00 ހާއިރު ގެއިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. […]
ޔުމްނާ ޢަލީ
އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ރ. މީދޫގައި އީދު ޝޯވ ދޭން ތިބި ގްރޫޕެއްގެ އަންހެން މެންބަރެއް އެރަށު މިސްކިތެއްގައި ”ޓިކްޓޮކް” ކުޅުނު މައްސަލަ އެއް އެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާއިރު، މީދޫ […]
ޔުމްނާ ޢަލީ
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ސައިކަލެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 06:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި...
މުޙައްމަދު