ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ދެކުނުގެ ރަށްތަކަށް ވިއްސާރައިގައި ލިބުނު ގެއްލުންތައް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި، ދިވެހި ސިފައިންނާއި ފުލުހުނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ތެޔޮ ގުދަންކޮށް، ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ހަމަޖެއްސުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަ...
ޔުމްނާ ޢަލީ
ރާއްޖޭގެ އިތުރު 20 ރަށެއްގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އިތުރު 20 ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްތައް އ...
ޔުމްނާ ޢަލީ
ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ “އިންޖީނިއާސް އެވޯޑު 2026” ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ބަރސެލޯ ނަސަންދުރާގައި ބޭއްވި މި ހަފުލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “އިންޖިނިއަރ އޮފް ދަ އިޔަރ” އެވޯޑު ޑރ. ފުރުޤާން އިބްރާހީމަށް އަރުވާފައިވާއިރު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ތިން ބޭފުޅަކ...
ޔުމްނާ ޢަލީ
މާލޭގެ އުތުރު ފަރާތުގައި އަޅާފައި އޮތް ދެ އާގު ބޯޓެއް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބްރިޖުގައި ޖެހިއްޖެއެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީދާ ބްރިޖާ ދިމާއަށް އޮޔާދިޔަ މި ދެ ބޯޓުގެ ބައެއް ބްރިޖުގައި ޖެހި ވަނީ ގެއްލުންތަކެއް ވެފައެވެ. އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، މާލޭ ކަނޑުއޮޅި ކައިރިން އޮޔާދިޔަ މި ދެ ތެޔޮ ބޯޓު މިހާރު ވަނީ ބްރިޖު ދަށުން މާކަނޑާ ދިމާއަށް ގޮސްފައެވެ. […]
އަލީ އާދިލް
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ ހައުސިން މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމައި، އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފިއެވެ. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް...
ޔުމްނާ ޢަލީ
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނ...
އަލީ އާދިލް
ގއ. ކޮނޑޭގައި ގާއިމްކޮށްފައިވާ ޕާކްތަކާއި މައިޒާންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ކޮނޑޭ ކައުންސިލުން ކަނޑައަޅައިފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 17 ވަނަ ބަ...
އަލީ އާދިލް
ޓުއަރ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ދޫކުރާ ރަސްމީ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި އަންހެނަކަށް އައިޝަތު ޝީނާ ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ މިއަދު މިނިސްޓްރީގައި އައިޝަތު ޝީނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އޭނާއަށް މަރުހަބާ ވިދާޅުވެ، އޭނާގެ ރަސްމީ ޓުއަރ ގައިޑު ފާސް ވަނީ ހަވާލުކުރައްވާފައެވ...
ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލެވޭ ގޮތަށް އައު ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ. މި ގަވާއިދު އެކުލަވާލާފައިވަނީ “ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއި...
ޝިއުނާ އާދަމް
ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ހުންނަ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމާ ގުޅިގެން، އެ އިމާރާތުން ފެން ހިންދައި ދިޔަދޮވި ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނުން ކޮށްދީފިއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 22:23 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ ވަގުތުން އެ ސަރަހައްދަށް […]
އަލީ އާދިލް
ހުޅަނގުމޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. ވިއްސާވިލާ އަކީ ވިއްސާރަ ވިލާތަކުގެ ތެރެއިން ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިދުމުގެ އިތުރުން ވައިގަދަވުމުން އެކުލެވޭ، މޫސުން ވަރަށް ބޮޑަށް ގޯސްވާ ވަގުތުތަކުގައި އުފެދޭ ބޯ އަނދިރި ވިލާތަކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް 3 ދުވަސް (11، 12، އަދި 13 ސެޕްޓެމްބަރު) ގައި ރާއްޖޭގެ ބޮޑުބަޔަކަށް...
ފާތިމަތު ސަޙާ
މަސްތުވާތަކެތީގެ ކުށްތަކުގައި ބޭނުން ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގ. ޕެލިކަން އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެގެއިން އެހެން ބަޔަކަށް ކުއްޔަށް ދިން ތަނެއްގައި މަސްތުވާތަކެތީގެ ކުށްތައް ތަކުރާރުކޮށް ހިންގަމުން ދިޔަ މައްސަލާގައި އެވެ. މިއީ އެފަދަ މައްސަލައެއްގައި ރާއްޖޭގައި މީހަކު ޖަލަށްލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސް...
ހުސައިން ހަބީބް
ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ކޮރަލް ސީ9 ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ތުޝާރު ގާޒީ އާއި […]
ޔުމްނާ ޢަލީ