ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުގައި ހުންނަ ވިނަރެސް 5 އިމާރާތް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 23:05 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ސައިކަލުތަކުގެ ފަހަތުގައި ތިބި މީހުން ހިމެނޭހެން ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. […]
ޔުމްނާ ޢަލީ
ހުޅުމާލެއިން ބިމެއް ލިބި، 21 އަހަރު ވީއިރުވެސް ބިން ހަވާލުނުކުރެވި އޮތް އަޙްމަދު ޠަލްޙަތަށް ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެންމެ ފަހުގެ ނިންމުން ނިންމާނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފާ ހޯދުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. ހައުސިންގ މިނިސްޓްރީން ބުނީ، މިއީ ރައްޔިތުންގެ ޙައްޤުތަކާ ގުޅުންހުރި މައ...
ޔުމްނާ ޢަލީ
ތިލަފުށީގައި ތަރައްގީކުރާ އިންޓަނޭޝަނަލް ބަނދަރުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެ ބަނދަރުގެ ތަރައްގީއާއި، މިލްކުވެރިކަމާއި، ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރުގެ އަތްމަތީގައި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ދެވަލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ތިލަފުށީ އިންޓަނޭޝަނަލް ބަނދަރު ތަރައްގީކުރުމުގައި ދިވެހި ސަރުކާރުން ވަކި ބޭރުގެ ބައިވެރިއަކަށް އަނެއް ބައިވ...
ޔުމްނާ ޢަލީ
‘އަމާން އުދަރެސް’ އަދި ‘އަމާން ދޯދި’ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ ގޮތަށް ސްޓޮޕާ ހަރުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ. މި ފިޔަވަޅު އަޅަން ފަށާފައިވަނީ ވޭތުވެދިޔަ މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކުން ދެ ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެންނެވެ. އެއާއެކު މީހުން ދިރިއުޅޭ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް...
އަލީ އާދިލް
ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގެ ސަބަބުން އުމުރުން ދުވަސްނުވެ މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސްޑީޖީ)، 2030 ގެ ކުރިން ހާސިލްކުރި ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ހަމައެކަނި ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ. މީގެއިތުރުން ވިހެއުމުގެ ތެރޭގައި މައިންނާއި ޅަދަރިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވިފައިވާތާ 10 އަހަރު ދުވަސް ހަމަވެ، އެކަމުގައި ދެމިއޮތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ސިއްހ...
ޔުމްނާ ޢަލީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮޓްލައިން މެދުވެރިކޮށް ލިބުނު މެސެޖުތަކުގެ ތެރޭގައި ހިމެނެނީ ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއެއްގެ މައުލޫމާތާއި، ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 18 ތަނަކާ ގުޅޭ މައުލޫމާތެވެ. މީގެ...
ޔުމްނާ ޢަލީ
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 5 އަހަރު ދުވަހުގެ އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ “އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް މަޝް...
ޔުމްނާ ޢަލީ
‘ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު’ގެ ދަށުން ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާތީ، އެކަން ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ. އެމްއެމްބީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކަނޑައެޅިފައިވާ މުއްދަތުގައި ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތައް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުވާނެ ކަމަށެވެ. ކުރިން އެކި ވުޒާރާތަކުން މި ދަފްތަރު ބެލެހެއްޓި...
އަލީ އާދިލް
މޯލްޑިވްސް އިމިގްރޭޝަން ހުޅުމާލޭގެ ސެލޫނާއި ސްޕާތަކެއް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މިވަނީ ހާމަކޮށްފަ އެވެ. މިޚަބަރުގެ ކަވަރގައި ޖެހުމަށް އިމިގްރޭޝަނުން އާންމު ކުރި ފޮޓޯތައް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ސްޕާގެ ފާރެއްގައި ހަރުކޮށްފައިވާ ޝަހާދަތުގެ ދެކަލިމައެވެ. އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އިންސްޕެކްޓް ކުރެވުނު އެއް ސްޕާގެ ލޮބީ ސަރަހައްދުގެ ފާރުގައި ޝަހާދަތުގެ ދެކަލިމަ ހަރުކޮށްފައިވެއެވެ. އަދި އެ ފާރުގެ ތިރީގައ...
އަލީ އާދިލް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. މިއީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ. މިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގައި އަންވަރު ރާއް...
ޔުމްނާ ޢަލީ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދިން ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ...
ޔުމްނާ ޢަލީ
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރންހަމްއަށް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސް މި ދަޢުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައެވެ. އިނގިރޭސި ބޮޑުވަޒ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ. ޝަހީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށްވެސް ޝަހީރު ވަނީ އައްޔަންކުރައްވާފައި ކަމަށެވެ. އަޙްމަދު ޝަހީރަކީ ދިވެހި ވ...
އަޙްމަދު ވަހީދު
ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ”ކޮޕް31” ގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ. “ޔޫތު ޓްރެކް ޓު ކޮޕް31″ ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ. މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮޕް31” ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަ...
ޔުމްނާ ޢަލީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޔޫޓ...
ޔުމްނާ ޢަލީ