ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގަން ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. ގުޅިފަޅާއި ގިރާވަޅު ފަޅުން ހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައަޅައި ގޯތިތަކުގެ ރަޖިސްޓްރީ ވެސް މީގެކުރީން ހަވާލުކޮށްފައިވީ ނަމަވެސް، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން، މި ގޯތިތަކުގެ ލޮކޭޝަންތަކަށް އައި ބަދަލާއެކު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމީ ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރުނަގާށެވެ. މިގޮތުން މާލޭގެ ދަރުބާރުގ...