ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަންފަށައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ، ވަޒީރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޭސްބުކް ލައިވްއަކަށް ކޮމެންޓްކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ރައީސްގެ އިތުރުން […]