މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 247 ވަނަ ޞަފްޙާ

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ކަނޑުތައް ހަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގަ...

ޔުމްނާ ޢަލީ
ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި

ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެއްވުމުގެ ގޮތުން، ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގ...

ޔުމްނާ ޢަލީ
''ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް''

''ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް''

ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ  ނަރުހުންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ. ‘ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވު...

ޔުމްނާ ޢަލީ
ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ

ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ

ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދާ ފަރާތަކީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންތުގައި، 2025 މެއި 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހިމް ރަށަށް ފައިބައި، އޭގެފަހުން އެނބުރި ދޯންޏަށް އައިސްފައި ނުވާކަމަށް […]

ޔުމްނާ ޢަލީ
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމާލައިފި

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމާލައިފި

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭއްވި “ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” ރޭ ނިންމާލައިފިއެވެ. މި ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. “ދިވެހިރާއްޖެ 2.0” އަކީ، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް މުޢިއްޒ...

ޔުމްނާ ޢަލީ
ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުން އެންގި ކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް: ފޮރިން މިނިސްޓްރީ

ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުން އެންގި ކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ޚަބަރުތަކެއް...

އަލީ އާދިލް
ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުންކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިފަދައން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ފަސްޓްލޭޑީ ވިދާޅުވެފައި ވަނީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފި...

ޔުމްނާ ޢަލީ
ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތު

ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތު

ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވާ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މަހުގެ 5 ވަނަ ދުވަހު ހިނގިކަމަށް ތުހުމަތުކުރާ މި ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ. އެހެންވެ، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏ...

ޔުމްނާ ޢަލީ
ދުނިޔެ ދެކެމުންދާ ކުރިއެރުމުގެ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް

ދުނިޔެ ދެކެމުންދާ ކުރިއެރުމުގެ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި ކަމަށެވެ. ”މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮ...

ޙުސައިން ޝަހުދީ
ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ. ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ހަރަކާތްތައް ބޭއްވި ސަރަޙައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން،...

ޔުމްނާ ޢަލީ
އިންޑިއާގެ ސިޔާސީ ވެރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ކިޔައިފި

އިންޑިއާގެ ސިޔާސީ ވެރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ކިޔައިފި

އިންޑިއާގެ ވަޒީރުންނާއި ޕާލިމެންޓް މެންބަރުން ޕާކިސްތާނާއެކު ގާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކޮށްފައިވެއެވެ. މިގޮތުން ކޮންގްރެސްގެ ޕާލިމެންޓް މެންބަރު ޝަޝީ ތަރޫރު ވިދާޅުވެފައިވަނީ، ސުލްޙަވެރިކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށެވެ. “އިންޑިއާ އަކަށް ދިގު މުއްދަތެއްގެ ހަނގުރާމައެއް ބޭނުމެއް ނުވޭ، އިންޑިއާ ބޭނުންވީ ފިލާވަޅެއް ދިނުމަށް، އަދި އެ ފިލާވަޅު ދެވިއްޖެ،” އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ. ދިއްލީން، ރާޖްޔާ ސަބާގެ މެންބަރު ކަޕިލް ސިބަލް ވެސް ވަނީ ދެފަރާތަށްވެސ...

ޔުމްނާ ޢަލީ
''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''

''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''

އެކިކަހަލަ ގޯނާ އާއި އަނިޔާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތަށް ނިމުމެއް ގެންނަންޖެހިފައިވާކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން،...

ޔުމްނާ ޢަލީ
ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި

1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ޢިއުލާން ކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މި ނިންމުމާ ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައް ހާމަކުރަށްވާފައެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމާއި، ލަގެޖް ސީދާ ހޮޓަލަށް ލިބުމު...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު ކުޑަކުދިންގެ ދުވަހު ކުޑަކުދިންނަށް ހާއްސަ ނަސޭހަތެއް

ރައީސް މުޢިއްޒު ކުޑަކުދިންގެ ދުވަހު ކުޑަކުދިންނަށް ހާއްސަ ނަސޭހަތެއް

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކުޑަކުދިންނަށް ހާއްސަ ނަސޭހަތެއް ދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ރާއްޖޭގެ ކުޑަކުދިންނަށް ރައީސް ދެއްވި މި ހާއްސަ ނަސޭހަތުގައި ރައީސް އިސްކަންދެއްވާފައިވަނީ ކުޑަކުދިންގެ އުމުރުގެ އަގުހުރިކަމާއި، ދީނީ އަދި ޤައުމީ ވާޖިބުތަކަށެވެ. ރައީސް މުޢިއްޒުގެ ނަސޭހަތުގައި ކުޑަކުދިންނަށް ގޮވާލައްވާފައިވަނީ ކޮންމެ...

ޔުމްނާ ޢަލީ
"މޯލްޑިވްސް 2.0"ގައި އީ-ވޯޓިންގ އަށް ދިޔުމެއް ނުހިމެނޭ: އިހްސާން

"މޯލްޑިވްސް 2.0"ގައި އީ-ވޯޓިންގ އަށް ދިޔުމެއް ނުހިމެނޭ: އިހްސާން

ސަރުކާރުން ތަޢާރަފްކުރި “އީ މޯލްޑިވްސް 2.0” ޕްރޮގްރާމްގެ ތެރޭގައި އީ-ވޯޓިންގ ނުހިމެނޭ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މަހްލޫފްގެ ޕޯސްޓުގައި ދޭހަވާގޮތުން، “އީ މޯލްޑިވްސް 2.0” ގެ ބޭނުމަކީ އީ-ވޯޓިންގ އަކަށް ގޮސް އަންނަ ރިޔާސީ އިންތިޚާބު އޮޅުވާލުން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. މި ތުހުމަތަށް ރައްދު ދެއްވަމުން ދާޚިލ...

ޔުމްނާ ޢަލީ