މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 246 ވަނަ ޞަފްޙާ

އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި

އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި

ފަނޑިޔާރަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ރ. އިނގުރައިދޫއަށް ނިސްބަތްވާ 49 އަހަރުގެ މީހެކެވެ. އެ މީހާ ފަނޑިޔާރަށް ދެފަހަރެއްގެ މަތިން ހަމަލާދިން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ނަމަވެސް ހަމަލާދިނީ ކޮން ކޯޓެއްގެ ފަނޑިޔާރަކަށް ކަމެއް ސާފެއް ނުވެ އެވެ. އެ މީހާ ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުގެ އަމުރުގައި އަންގާފައިވެ އެވެ.

ހުސައިން ހަބީބް
މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަ...

އިބްރާހިމް ޚަލީލް
ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވެގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި […]

ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންނަ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ގަވާއިދާ ޚިލާފަށް ބިދޭސީން ގެންނަ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ގާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވެނީ 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިންގެ މައްޗަށެވެ. އޭނާ ހައްޔަރުކ...

ޔުމްނާ ޢަލީ
ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 3 އޮފިސަރަކާއި އިތުރު މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ނޫސް ކޮންފަރެންސް އެއް ބާއްވާފަ އެވެ. މިމައްސަލަ ހުށަހެޅީ އިއްޔެއެވެ. އަދި މައްސަލަ ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ފުލުހުން...

އަލީ އާދިލް
ޕޮލިހާއި އުރީދޫ ގުޅިގެން، އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ ވޯކްޝޮޕެއް

ޕޮލިހާއި އުރީދޫ ގުޅިގެން، އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ ވޯކްޝޮޕެއް

ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި “ވޯކްޝޮޕް އޮން ސާވިސް އެކްސެލެންސް: އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ” ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މިވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިޕޮލިސް އާސިމް ޢަބްދުﷲއެވެ. ރަސްމިއްޔާތުގައި ޕޮލިހުގެ އިސް އޮފިސަރުންނާއި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އ...

އަލީ އާދިލް
އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް

އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް

މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މަޤާމަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، މި ފުރުޞަތަކީ ޤައުމަށް ޚިދުމަތްކުރުމަށާއި ޤައުމުގެ ބޯޑަރު ކޮންޓުރޯލް ކުރުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓީމެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދ...

އަލީ އާދިލް
ފަނޑިޔާރުން ވަކިކުރުމާގުޅޭ މައްސަލާގައި އެޗްއާރުސީއެމްގެ ކަންބޮޑުވުން

ފަނޑިޔާރުން ވަކިކުރުމާގުޅޭ މައްސަލާގައި އެޗްއާރުސީއެމްގެ ކަންބޮޑުވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން އިޖުރާއަތްތައް ހިންގާފައިވާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާއި ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސ...

ޔުމްނާ ޢަލީ
ސްޓޫޑެންޓް ލޯނު ގަވާއިދުން ދައްކަނީ 40 ޕަސެންޓް ދަރިވަރުން: ހައިދަރު

ސްޓޫޑެންޓް ލޯނު ގަވާއިދުން ދައްކަނީ 40 ޕަސެންޓް ދަރިވަރުން: ހައިދަރު

ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށާއި، ގަވާއިދުން ފައިސާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ. މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގ...

ޔުމްނާ ޢަލީ
ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި

ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި

ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ. އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށ...

އަލީ އާދިލް
ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ދެނީ

ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ދެނީ

ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ލިބޭ ކޯހެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް ޚާއްޞަ ކޯހެއް ފެށުމަށް މިހާރު އެ ކޯސް ވަނީ ފަރުމާކޮށްފައެވެ. ވަޒީރު ވިދާޅުވިގޮތުގައި މިއީ، އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކ...

ޔުމްނާ ޢަލީ
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ޢައްޔަނުކުރައްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ޙަމްދީ (މާލެ/ގަލޮޅު ސިލްވަރުގެއާގެ) މިއަދު ޢައްޔަންކުރައްވައިފިއެވެ. އަސްނާ މި މަޤާމަށް ޢައްޔަންކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުގައެވެ. އަސްނާ މި މަގާމަށް ޢައްޔަނުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށް، އަސްނާ މި މަގާމަށް ޢަ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަމް މީހާ ފަޅުރަށަކުން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަމް މީހާ ފަޅުރަށަކުން ފެނިއްޖެ

ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ  ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުން ބުނިގޮތުގައި އާދަމް އިބްރާހިމް ވަނީ ފެނިފައެވެ. ”އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން. ހާލު ރަނގަޅު.” ފުލުހުން ބުންޏެވެ. އާދަމް އިބްރާހިމް ހޯދަން ފެށީ 11 […]

ޔުމްނާ ޢަލީ
ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ހަމަލާދޭން އުޅުނު ދެ މީހުން ހައްޔަރުކޮށް, ބަންދަށް 15 ދުވަސް

ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ހަމަލާދޭން އުޅުނު ދެ މީހުން ހައްޔަރުކޮށް, ބަންދަށް 15 ދުވަސް

ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާދޭން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދުކޮށްފި އެވެ. ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވާ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ މައްސަލައެއް އިއްޔެ ފެންމަތިވީ ކްލިނިކުގެ މުވައްޒަފެއް ކަމަށް ބެލެވޭ މީހަކު ކުޑަކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުުވުމުންނެވެ. އެ މައްސަލާގެ ތުހުމަތުގައި އިންޑިއާ ދެ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ފުލު...

ހުސައިން ހަބީބް
އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރާ މިންވަރަށް ނަރުހުންގެ އަގު ވަޒަންކުރާނަން: ރައީސް

އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރާ މިންވަރަށް ނަރުހުންގެ އަގު ވަޒަންކުރާނަން: ރައީސް

ނަރުހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެއްވެސް ދުވަސްވަރަކަށްވުރެ ބޮޑަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ނަރުހުންގެ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސް މުޢިއްޒުގެ ޚިޠާބުގައި، ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ. އަދި ރައީސް ވަނީ ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް...

ޔުމްނާ ޢަލީ