މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް،...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު މައްކާ އަށް ފުރާފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް އަތުވެއްޖެއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ. ޙައްޖު...
ޔުމްނާ ޢަލީ
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ “އެފް.އެސް.އެމް އާއިލީ ހަވީރު 2025” މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އެބަ ދެއެވެ. މި ހަވީރަކީ އެފްއެސްއެމްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާއްވާ ހަރަކާތެވެ. އެފްއެސްއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް ކުޑަކުދިންގެ ބަގީޗާގައެވެ. މި ހަރަކާތް ރާވައި […]
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު “މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން ޢައްޔަންކުރައްވައިފިއެވެ. މޫސާ ރިޟްވާނަކީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން މީޑިޔާ އާއި މީޑިޔާ ހިންގުމުގެ ދާއިރާގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، މޫސާ ރިޟްވާން ވަނީ ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއާއި ހުޅުމާލެއިން ތަންތަން ބަލާ ފާސްކޮށް 6 މީހަކު ހައްޔަރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލާ ފާސްކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި، 2 ކިލޯއާއި ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއި، 90،000 އަށްވުރެއް ގި...
އައިޝަތު އައިނީ އާމިރު
ރާއްޖޭގައި އޮންނާނީ ރައްޔިތުން ހޮވާ މީހުން ތިބެގެން ހިންގާ ނިޒާމުކަމަށާއި، އަތޮޅު ކައުންސިލް ކިޔާފައި ކައުންސިލެއް ބާއްވަން ފެނިވަޑައިނުގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނައިރު އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށަހަޅުއްވާނެ ކަމަށެވެ. “ކުރީގައި އޮތް ނިޒާމު ދެން ރާއްޖ...
ޔުމްނާ ޢަލީ
އީ-ވޯޓިންގ ނިޒާމަކަށް ދިޔުމަކީ އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއް ނޫން ކަމަށާއި، އެ ނިޒާމަށް ދިޔުމަށް ނިންމާފައި ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އީ މޯލްޑިވްސް 2.0” ގެ ބޭނުމަކީ އީ-ވޯޓިންގ އަކަށް ގޮސް އަންނަ ރިޔާސީ އިންތިޚާބު އޮޅުވާލުން ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ. މި ޕޮޑްކާސްޓްގައި ޕްރެޒެންޓަރ […]
ޔުމްނާ ޢަލީ
ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިގޮތުން އެކަމަނާ މިހެން ވިދާޅުވީ ބައިނަލްޢަގުވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅުވައިގެން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. “އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް” މެޑަމް ސާ...
އައިޝަތު އައިނީ އާމިރު
މިއަދު ހެނދުނު ހުޅުމާލޭގެ ނިރޮޅުމަގުން ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގަޔަށް ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާ އަތު ކޮނޑު ހުޅުން ބިންދި، ކަނާތު ފައިތިލަ މަތި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މަގު ހުރަސްކުރި އަންހެން މީހާގެ ވާ އަތު އުޅަނބޮށި މަށައިގެން ގޮސްފައިވާ […]
ޔުމްނާ ޢަލީ
ވަރިވުމުގެ ކުރިން ވިސްނަންވީ ބައިވެރިޔާގެ ކިބައިން ފެނުނު އުނިކަންތައްތައް ނޫން ކަމަށާއި އޭނާ ވެފައިވާ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބެއްގައިވަނީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. ދަރިން ބެލުމުގެ ބުރަ ޒިންމާ އަދާކޮށް، ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބޭ އުމުރުގައި ކައިވެނިތައް...
ހުސައިން ހަބީބް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހް ގެނައުމަށް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުތެރޭގައި ހުށަހެޅުމުގެ މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިން...
ޔުމްނާ ޢަލީ
ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަންކ...
ޔުމްނާ ޢަލީ
އއ. މަތިވެރީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއަރޕޯޓު މަޝްރޫޢު ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ މި ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އއ. އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު […]
ޔުމްނާ ޢަލީ
ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަރުހަބާ ކިޔައިފިއެވެ. 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ...
އިބްރާހިމް ޚަލީލް
ސައިކަލް ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރި މީހެއްގެ ސައިކަލް ޓޯވ ކޮށް، ޖޫރިމަނާކޮށް އަދި ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މުއައްސަސާގެ ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލާފައިވާކަމަށެވެ. މިގޮތުން އެ މައްސަލަ ބެލުމަށްފަހު ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް […]
ޔުމްނާ ޢަލީ