މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 243 ވަނަ ޞަފްޙާ

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި އިޞްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް...

ޔުމްނާ ޢަލީ
ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން

ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓްގައި ބުރިވި އެމީހާގެ އަތް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި މޭމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާގެ […]

ޔުމްނާ ޢަލީ
ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް

ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް

ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ މެންދަމު 12:33 ހާއިރު ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ […]

ޔުމްނާ ޢަލީ
ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވެސް އިން “ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރ” އަށް ހަމަޖައްސާފައިވާ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ސީނިއާ މެނޭޖްމެންޓް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދަތުރުގައި ރާއްޖެ އައިސްފައި ވަނީ، އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސ...

އިބްރާހިމް ޚަލީލް
މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު މުލީގައި އެކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. މި މަޝްރޫޢުގެ ދަށުން 565 މީޓަރުގެ ދިގު ކޯޒްވޭއެއް ޤާއިމްކުރެވޭނެއެވެ. މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން...

ޔުމްނާ ޢަލީ
މާފަރަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސައިފި

މާފަރަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސައިފި

ނ. އަތޮޅު މާފަރުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަދު ޖައްސައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަނީ ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސާފައެވެ. އެއީ ބޮއިންގ 777 ގެ ފްލައިޓެކެވެ. މާފަރަށް ޖައްސާފައި ވަނީ އެމިރޭޓްސްގެ ބޯޓެކެވެ. ބޮއިންގ 777 ގެ ފްލައިޓު މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ، އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލ...

ޔުމްނާ ޢަލީ
މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި

މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢ...

ޔުމްނާ ޢަލީ
މިއަދަކީ މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން: ރައީސް

މިއަދަކީ މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން: ރައީސް

މިއަދަކީ މ. މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމާއެކު، މުލަކު އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހެދުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދައިދެވިފައިވާ ކަމަށެވެ. މިއާއިއެކު މުލީގެ ތަރައްޤީ...

ޔުމްނާ ޢަލީ
ތައިލެންޑް-ރާއްޖެ: ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް

ތައިލެންޑް-ރާއްޖެ: ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ތައިލެންޑް ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ. ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެ...

ޔުމްނާ ޢަލީ
މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ''މުލީ އެއާޕޯޓް'' ރަސްމީކޮށް ހުޅުވައިފި

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ''މުލީ އެއާޕޯޓް'' ރަސްމީކޮށް ހުޅުވައިފި

މުލަކަތޮޅު (މ.އަތޮޅު)ގެ ފުރަތަމަ އެއާޕޯޓު، މުލީ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ. މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ރައީސް މުޢިއްޒު އަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، މިއީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އ...

ޔުމްނާ ޢަލީ
ރާއްޖެ އަށް ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރުކަން

ރާއްޖެ އަށް ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރުކަން

ދުނިޔޭގެ ޖަޒީރާތަކާއި ޤައުމުތަކުން 2045 ވަނަ އަހަރާ ހަމައަށް 100% އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ޤާނޫނީ ގޮތުން ލާޒިމްކުރުމަށް އެހީތެރިވެދިނުމުގެ މަސައްކަތްކުރަމުން އަންނަ ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފިއެވެ. މިއާއިއެކު ރާއްޖެ އިން ވަނީ އެ އިއްތިހާދާއެކު ހޯމަ ދުވަހު ބްލޫ ޕްލެނެޓް ކްލައިމެޓް އެސްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލ...

ޔުމްނާ ޢަލީ
ފުރަތަމަ ފަހަރަށް ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް

ފުރަތަމަ ފަހަރަށް ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް

ރާއްޖޭގައި ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް ތަޢާރަފުކޮށް، ބޭނުންކުރަން ފަށައިފިއެވެ. ތައުލީމީ ވުޒާރާއިން ހާމަކުރިގޮތުގައި މި ސިސްޓަމް ތައާރަފްކޮށް ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ މާލޭގައި ހުންނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ. މި ސިސްޓަމަކީ ދަރިވަރުންގެ ހާޒިރީ ބެލެހެއްޓުމުގައި އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުޞަތު ހުޅުވާލައިދޭ ކަމެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. ތައުލ...

ޔުމްނާ ޢަލީ
''އިސްލާހާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެ''

''އިސްލާހާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެ''

ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ މި އިސްލާހަކީ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުންނާއި، ޖަމުޢިއްޔާތަކުންނާއި، ކުޅިވަރު ކުޅުއްވާ ބޭފުޅު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީ ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) މުޙައްމަދު ރިޝްވާން އެވެ. އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނާއި އެމްޕީއެލްއިން ނެރުނު...

އައިޝަތު އައިނީ އާމިރު
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް

ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް

ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފި އެވެ. ޑަބްލިޔުއެޗްއޯއިން ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި ޖަމްޢިއްޔާތަކަށް އެ ޖަމިއްޔާ ތަމްސީލްކުރުމުގައި ކަނޑައަޅާފައިވާ ދުނިޔޭގެ 6 ސަރަޙައް...

ޔުމްނާ ޢަލީ