މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 213 ވަނަ ޞަފްޙާ

ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ތިންދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް

ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ތިންދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމާގައި މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ޙަސަން ޞާބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ. ޙަސަން ޞާބިރު އަވަހާރަވިއިރު އަނބިކަނބަ...

ޔުމްނާ ޢަލީ
މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމެވެ. މާވަށުގައި މިއަދު ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:12 ހާއިރުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި މި މާރާމ...

ޔުމްނާ ޢަލީ
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މަރުޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަވަހާރަވުމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މިއީ މުޅި ދިވެހި ޤައުމަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ. މީގެ އިތުރުން، މަރުޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަޤާމުގައްޔާއި ސަފީރު ކަމުގެ މަޤާމުގައި، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެ...

ޔުމްނާ ޢަލީ
މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލައިފިއެވެ. ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާކަމުގެ މިއަދު ހެނދުނު 10:12 ހާއިރު އެ އިދާރާ އަށް ލިބުނު ކަމަށެވެ. ’’އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ’’ ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް، ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިހާތަނަށް ބެލިބެލުމިން މި މާރާމާރީ އަކީ ދެ […]

ޔުމްނާ ޢަލީ
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި

ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި

އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސަށް އިސްތިގުބާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ. މި ދަތުރ...

ޔުމްނާ ޢަލީ
ޙަސަން ޞާބިރު އަވަހާރަވެއްޖެ

ޙަސަން ޞާބިރު އަވަހާރަވެއްޖެ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޝަރަފް ދައުލަތުން އިއްޔެ އެރުވި ޙަސަން ޞާބިރު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙަސަން ޞާބިރަކީ ދިވެހި ޤައުމުގެ އިޤުތިޞާދީ ދާއިރާތަކުން ކަމަށްވާ ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިން...

ޔުމްނާ ޢަލީ
މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަނީ

މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން 10 ތަނެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި މި ކޭމްޕްތައް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ....

ޔުމްނާ ޢަލީ
ރެކޯޑު ފޮތުން ޖާގަ ހޯދީ، އެންމެ ގިނަ ސަރަޙައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެން

ރެކޯޑު ފޮތުން ޖާގަ ހޯދީ، އެންމެ ގިނަ ސަރަޙައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުން ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުވުމުގެ މި ރެކޯޑު ހާސިލުކުރެވުނީ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއުޒިކާއެކު، އެއްފަހަރާ 19 ސަރަޙައްދެއްގައި ހަވާ އަރުވައިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭ ގޮތަށެވެ. މި ރެކޯޑްގެ ލިޔުން މޯލްޑި...

އަލީ އާދިލް
ބޮޑުބެރާއި ފިނިފެންމަލުގެ މަރުހަބާއާއެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފަށައިފި

ބޮޑުބެރާއި ފިނިފެންމަލުގެ މަރުހަބާއާއެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުން އައި ފަސަންޖަރުންނަށެވެ. މި ބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ. މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެ...

ޔުމްނާ ޢަލީ
ސަރުކާރުގެ އައިނު ފިހާރަ "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް" ހުޅުވައިފި

ސަރުކާރުގެ އައިނު ފިހާރަ "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް" ހުޅުވައިފި

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޤާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ޚިދ...

އަލީ އާދިލް
ހުޅުމާލެ ޑަޔަލަސިސް ސެންޓަރ ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ޑަޔަލަސިސް ސެންޓަރ ރަސްމީކޮށް ހުޅުވައިފި

ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ޚިދުމަތަށް ޚާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށް ހުޅުމާލޭގެ އޮރެންޖް ހިޔާ ބިލްޑިންގަައި މިއަދު އޮތް ރަސްމިއްޔާތުގައި މިތަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ...

ޔުމްނާ ޢަލީ
އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް

އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އައު ޓަރމިނަލުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވަމުން، މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއަދުގެ އަސުރު ނަމާދުން ފެށިގެން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށެވެ. ވެލާނާ އިންޓަނ...

އަލީ އާދިލް
މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް: ރައީސް

މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް: ރައީސް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އެއްވެސް ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް އެކަނި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށް އެންމެންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހި...

ޔުމްނާ ޢަލީ
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ސަލީމަށް

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ސަލީމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި އަޙްމަދު ސަލީމަށް އަރުވައިފިއެވެ. ސަލީމަށް މި ޝަރަފް އަރުވާފައި ވަނީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަޙްމަދު ސަލީމް ވަނީ ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އެ މަނިކުފާނު ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރެއިން 35 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރައްވާފައި ވަނީ ޚާރިޖީ ދާއިރާގައެވެ. މި […]

ޔުމްނާ ޢަލީ
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފި

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފި

ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. މި އިނާމު ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ...

އިބްރާހިމް އަސްވާޤް