ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލައިފިއެވެ.
ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާކަމުގެ މިއަދު ހެނދުނު 10:12 ހާއިރު އެ އިދާރާ އަށް ލިބުނު ކަމަށެވެ.
’’އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ’’ ފުލުހުން ބުންޏެވެ.
ނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް، ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާތަނަށް ބެލިބެލުމިން މި މާރާމާރީ އަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!