މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 214 ވަނަ ޞަފްޙާ

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އައު ޓާމިނަލް ހުޅުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ގެނުވައިދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެންނަށް މިކަމުގެ އުފާފާގަތިކަން، ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ކުރ...

ޔުމްނާ ޢަލީ
ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ޤާސިމަށާއި ހަސަން ޞާބިރަށް

ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ޤާސިމަށާއި ހަސަން ޞާބިރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމަށާއި، އެ ޢިއްޒަށް ހަސަން ޞާބިރަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޤާސިމް އިބްރާޙީމް ޤާސިމް އިބްރާހީމަކީ އުމުރުފުޅުން 26 އަހަރުގައި -/15,000 ރުފިޔާގެ ލޯނަކުން 1976 ވަނަ އަހަރު ވިޔަފާރީގެ ބިންގާ އެޅުއްވި، އަދި މިހާރު ރާއްޖޭގެ ރިޒޯޓް އޯނަރުންގެ […]

ޔުމްނާ ޢަލީ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުޢުތަޞިމް ޢަދުނާނަށް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުޢުތަޞިމް ޢަދުނާނަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޓަޔަރޑް ޗީފް ޖަސްޓިސް އަޙްމަދު މުޢުތަޞިމް ޢަދުނާނަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ. މި ޢިއްޒަތް އެރުވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށާއި، ޤާނޫނީ އަދި ޝަރުޢީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބ...

ޔުމްނާ ޢަލީ
''އައު ޓާމިނަލަކީ އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއް''

''އައު ޓާމިނަލަކީ އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއް''

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ވެސް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވަނީ މިނިވަން ދުވަހާ ގުޅުވައިގެން އައު ޓާމިނަލް ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ޤައު...

ޔުމްނާ ޢަލީ
މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައިފި

މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައިފި

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި މިރޭ އެއްޗެއް ގޮވައިފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މިރޭ 20:45 ހާއިރުއެވެ. މިހާދިސާގައި ދެ ބިދޭސީއަކު ފިހިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަށް މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް  ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި ދޯނީގައި ގޮވީ ކޮންއެއްޗެއްކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެއްޗެއް ގޮވުމުގެ ސަބަބުން […]

ޔުމްނާ ޢަލީ
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު މޯދީ ފުރާވަޑައިގެންފި

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު މޯދީ ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި މަހުގެ 25 ވަނަ ދުވަހު (ބުދަ ދުވަހު)އެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މޯދީ އަށް މަރުޙަބާ ވިދާޅުވީ ރައީސް މުޢިއްޒެވެ. ޖުލައި 25 ވަނަ ދުވަހު ހަވީރު ބޮޑުވަޒީރު މޯދީ މާލެއަށް ވަޑައިގަތުމުން، ޖުމްހޫރީ މައ...

ޔުމްނާ ޢަލީ
ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސް އޮފީހުގައި މިނިވަންދުވަހުގެ އިޙްތިފާލުތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމާ ދިމާކޮށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޙައްމަދު މުޢިއްޒު ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގ...

ޔުމްނާ ޢަލީ
އެފްއޭއެމް ރައީސްކަމަށް ޓޮމް އިންތިޚާބުކޮށްފި

އެފްއޭއެމް ރައީސްކަމަށް ޓޮމް އިންތިޚާބުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސްކަމަށް، އެ އެސޯސިއޭޝަންގެ ރައީސްކަން ކުރިން ވެސް ކުރަށްވާފައިވާ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު އިންތިޚާބުކޮށްފިއެވެ. އެފްއޭއެމްގެ އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔައީ ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުންނެވެ. މި އިންތިޚާބުގައި އިތުރު ކެންޑިޑޭޓެއް ވާދަކޮށްފައިނުވާއިރު، ބޭއްވި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށ...

ޔުމްނާ ޢަލީ
ސިޔާސީ ގިނަ ފަރާތްތަކާއި މޯދީ ބައްދަލުކުރައްވައިފި

ސިޔާސީ ގިނަ ފަރާތްތަކާއި މޯދީ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ސިޔާސީ ބައެއް ބޭފުޅޫންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އިދިކޮޅު އެމްޑީޕީއާ މޯދީ ބައްދަލުކުރެއްވީ ވަކިންނެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެޕާޓީގެ ރައީސް މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެހެން ޕާޓީތަކުގެ ތެރެއިން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި، ޖުމްހޫރީ ޕާޓީގެ ލީ...

އަލީ އާދިލް
މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަމިއްލައަށް: ރައީސް

މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަމިއްލައަށް: ރައީސް

ދިވެހިރާއްޖެ އަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ރައީސަކު ބޭއްވެވި މިފަދަ ފުރަތަ ޖަލްސާގަައި ދެއްވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ދިވެހި...

ޔުމްނާ ޢަލީ
ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި

ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަ...

ޔުމްނާ ޢަލީ
''އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރޭ''

''އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރޭ''

އެއްވެސް ހާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ނުވާކަމަށް އެ މިސްކިތުގެ އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިއްޔެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި މޯދީ އަށް މާލެއިން މަރުހަބާ ދެއްނެވުމުގެ ހަރަކާތް ކުރިއަށްދިޔަ ވަގުތު ޖުމްހޫރީ މައިދާނާއި އެތަނާއި އިންވެގެންވާ ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާއިރު، އިއްޔެގެ އަސުރުނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް މަނާކޮށްމަނާކުރިކަމަށް މީސްމީޑިއާގައި...

ޔުމްނާ ޢަލީ
އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަ...

އަލީ އާދިލް
މޯލްޑިވިއަންއިން ޓިކެޓުނަގަން އައިޑީކާޑު ކޮޕީ ބޭނުމެއްނުވާނެ

މޯލްޑިވިއަންއިން ޓިކެޓުނަގަން އައިޑީކާޑު ކޮޕީ ބޭނުމެއްނުވާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. އައިލެންޑް އޭވިއޭޝަނުން އިއުލާނުކުރި ގޮތުގައި އަންނަ މަހުން ފެށިގެން ޓިކެޓު ބުކްކުރާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ. މި ބަދަލާއެކު، ދަތުރުވެރިންނަށް ޓިކެޓު ބުކްކުރުމަށް ހަމައެކަނި ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުން ފުދޭނެއެވެ. މޯލްޑިވިއަން އިން ފާހަގަކުރި ގޮތުގައި މިއީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށް، އަދި ކަސްޓަމަރުންގެ ޕްރައިވަ...

އަލީ އާދިލް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މޯދީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް، ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމ...

ޔުމްނާ ޢަލީ